ޔޫޙަންނާ 11:38 - ކިތާބުލް މުޤައްދަސާ38 އީސާގެފާނުގެ ހިތްޕުޅަށް އަނެއްކާވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ދެން އެކަލޭގެފާނު ލާޒަރުގެ މަހާނަދޮށަށް ވަޑައިގެންނެވިއެވެ. އެ މަހާނަ ވަނީ ފަރުބަދައެއްގެ އަރިމަތީގައިވާ ހޮހަޅައެއްގައެވެ. އެހޮހަޅައިގެ އަނގަމަތީގައި ވަރަށް ބޮޑު ހިލައެއް ޖެއްސިފައި ވިއެވެ. အခန်းကိုကြည့်ပါ။ |
ދެން ޔޫސުފު ހުދު ފޭރާމުގެ ކަފުންފޮތި ގަނެގެން އައިސް ސަލީބުން އީސާގެފާނު ތިރި ކުރައްވައި އެ ފޮތިން އެކަލޭގެފާނުގެ ހަށިކޮޅު ނިވާކޮށް ކަފުންކުރުމަށް ފަހު ފަރުބަދަ ކަނޑައިގެން ހަދާފައިވާ މަގުބަރާއެއްގެ ތެރޭގައި އެކަލޭގެފާނު ވެޑުވިއެވެ. އަދި މި މަގުބަރާއަށް ވަންނަ ދޮރު ހުރަސްވާގޮތަށް ބޮޑު ހިލައެއް އޭނާ ބޭއްވިއެވެ.