ޔޫޙަންނާ 11:36 - ކިތާބުލް މުޤައްދަސާ36 އެތާނގައި ތިބި މީހުންގެ ތެރޭން ބަޔަކު ބުންޏެވެ. ”އެކަލޭގެފާނު ލާޒަރު ދެކެ ލޯބިފުޅުވާ ވަރު ނިކަން ދެކިބަލަ.“ အခန်းကိုကြည့်ပါ။ |
އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.