Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:35 - ކިތާބުލް މުޤައްދަސާ

35 ދެން އީސާގެފާނު ކީރިތި ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:35
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު، ޔޫސުފުގެފާނު އެބައިމީހުންގެ ކުރިމަތިން ދުރަށް ވަޑައިގެންނެވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނަށް ބަންޔާމީން ފެނިވަޑައިގެންނެވުމުން ކުރި އަސަރަށް ކެތްތެރިވެ ވަޑައިނުގެންނެވިގެންނެވެ. އެހެންވެ، އެކަލޭގެފާނުގެ އަމިއްލަފުޅު ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނު ނުހަނު ގަދަޔަށް ކީރިތި ކުރެއްވިއެވެ.


މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުތައް އަޑުއަހަމުން ގެންދިޔަ ވަގުތު އެކަލޭގެފާނު އެމީހުންނަށް މާނަފުން ވާހަކައެއް ވެސް ވިދާޅުވެ ދެއްވިއެވެ. އެއީ އެކަލޭގެފާނު އޭރު ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފައެވެ. އަދި މީސްތަކުން ހީކުރަމުން ދިޔައީ މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ.


އީސާގެފާނު ޖެރޫސަލަމާއި އަރާ ހަމަ ވެ އެރަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެރަށާއި މެދު ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ.


އީސާގެފާނަށް މަރިޔަމް އާއި އޭނާއާއިއެކު އައި އެންމެން ރޯ ތަން ފެނުމުން ވަރަށް ދެރަފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅަށް ވެސް ބޮޑަށް އަސަރު ކުރިއެވެ.


ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އޭނާގެ ގަބުރު ކަލޭމެން ލީ ކޮންތާނކަށް.⁠“ އެމީހުން ދެންނެވިއެވެ. ”⁠ސާހިބާ، އަޅުގަނޑުމެންނާއި އެކު ވަޑައިގަންނަވާ އަޅުގަނޑުމެން އެތަން ދައްކާނަން.⁠“


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ