Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:34 - ކިތާބުލް މުޤައްދަސާ

34 ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އޭނާގެ ގަބުރު ކަލޭމެން ލީ ކޮންތާނކަށް.⁠“ އެމީހުން ދެންނެވިއެވެ. ”⁠ސާހިބާ، އަޅުގަނޑުމެންނާއި އެކު ވަޑައިގަންނަވާ އަޅުގަނޑުމެން އެތަން ދައްކާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:34
7 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނުގެ ހަށިކޮޅު ވެޑުވުނުތަނަށް ގޮސް ބަލަން އާދޭ.


އީސާގެފާނުގެ ހަށިކޮޅު ވެޑުވިތަން މަރިޔަމް މަގްދަލޭނާ އާއި ޔޯސަސްގެ މަންމަ މަރިޔަމް ބަލަމުން ގެންދިޔައެވެ.


އެބޭކަލަކު ވިދާޅުވިއެވެ. ”⁠ބިރުވެތިނުވޭ! ތިޔަ ކަނބަލުން ހޯއްދަވަނީ ސަލީބަށް އެރުވުނު ނާޒަރަތުގެ އީސާގެފާނު ކަން އަހަރެންނަށް އެނގޭ. އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނު ވެޑުވިފައިވީތަން ބަލާބަލަ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ވެސް އާދޭ ބަލާލަން.⁠“ ދެން އެމީހުން އެކަލޭގެފާނާއިއެކު އެކަލޭގެފާނު ހުންނެވި ތަނަށް ދިޔައެވެ. އޭރު ގާތްގަނޑަކަށް ހަވީރު ހަތަރެއް ޖަހަނީއެވެ. ދެން އެމީހުން އެދުވަހުގެ ބާކީ އޮތް ވަގުތު އީސާގެފާނުގެ އަރިހުގައި މަޑުކުރިއެވެ.


އީސާގެފާނަށް މަރިޔަމް އާއި އޭނާއާއިއެކު އައި އެންމެން ރޯ ތަން ފެނުމުން ވަރަށް ދެރަފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅަށް ވެސް ބޮޑަށް އަސަރު ކުރިއެވެ.


ދެން އީސާގެފާނު ކީރިތި ކުރެއްވިއެވެ.


އޭނާ ދުވަމުން ގޮސް ޝަމްއޫނު ޕަތަރަސްއާއި އަދި އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ ހޯދާފައި ބުންޏެވެ. ”⁠އެމީހުން މާތްސާހިބާގެ ހަށިކޮޅު އެތަނުން ގެންގޮއްސި. މިހާރު އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ގެންދިޔަ ތަނެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ