Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:32 - ކިތާބުލް މުޤައްދަސާ

32 މަރިޔަމް ދިޔަ ގޮތަށް ދިޔައީ އީސާގެފާނު ހުންނެވި ތަނަށެވެ. އޭނާއަށް އެކަލޭގެފާނު ފެނުމާއި އެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި ރޮއިގެންފައި ދެންނެވިއެވެ. ”⁠މާތް ސާހިބާ! ކަލޭގެފާނު މިތާ އަޅުގަނޑުމެންގެ ކާރީގައި ހުންނެވިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:32
10 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ ފައިންޕުޅުގެ ދަށަށް ސަޖިދަކޮށް ތިރިވިއެވެ. އަދި އެކަލޭގެފާނަށް ޝުކުރު އަދާކުރިއެވެ. މިމީހާއަކީ ސަމީރިއްޔާގެ މީހެކެވެ.


ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.⁠“


ދެން އެމީހުންގެ ތެރެއިން ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިޔަކު އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އޭނާޔާއިއެކު އޭނާގެ ގެއަށް ވަޑައިގަތުމަށް އެދި އާދޭސް ދެންނެވިއެވެ.


މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު މިތަނުގައި އަޅުގަނޑުމެންގެ ކާރީގައި ހުރިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.


ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠އޭނާ ލޯއަނދިރި މީހާގެ ލޮލުގެ އަލިކަން އަނބުރާ ގެނެސްދިން. ވީއިރު އޭނާ ލާޒަރު މަރުވިޔަ ނުދީ ނުބެހެއްޓީ ކީއްވެ؟⁠“


އެ އޮފިސަރު މީހާ އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ، އަޅުގަނޑުގެ ދަރިފުޅު މަރު ނުވަނީސް އަޅުގަނޑާއި އެކު ވަޑައިގަންނަވާ.⁠“


އަހަރެން ޔޫޙަންނާ، މި އެންމެހާ ވާހަކަތައް އަޑު އަހައި އަދި މި އެންމެހާ ކަންތައްތައް ދުށީމެވެ. އަދި މިކަންތައްތަކުގެ އަޑު އަހަރެން އަހައި އެ ހުރިހާ ކަމެއް އަހަރެންނަށް ފެނި ނިމުމަށް ފަހު މި ހުރިހާ ކަންތައްތައް އަހަރެންނަށް ދެއްކެވި އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ.


އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުން ޖަވާބު ދިނެވެ. ”⁠އާމީން!⁠“ އަދި ބޮޑުން ސަޖިދަކޮށް އަޅުކަން ކުރިއެވެ.


އެ ޅަކަންބަޅި މިފަދައިން އަމަލު ކުރުމުން ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ސައުވީސް ބޮޑުން ކަންބަޅީގެ ކުރިމަތީގައި ސަޖިދަ ކުރިއެވެ. އޭގެތެރެއިން ކޮންމެ މީހެއްގެ އަތުގައި ހާޕާއި ހުވަނދުން ފުރިފައިވާ ރަނުގެ ބޯތަށިތައް ވިއެވެ. މި ބޯތަށިތަކަކީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ