Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:31 - ކިތާބުލް މުޤައްދަސާ

31 ލާޒަރު މަރުވުމުގެ ސަބަބުން އެގެއަށް އެއްވެފައިވާ މީހުންނަށް މަރިޔަމް ކުއްލިއަކަށް ތެދުވެގެން ދާތަން ފެނުމުން ހީކުރެވުނީ އޭނާ އެދަނީ ލާޒަރުގެ މަހާނަދޮށަށް ރޯން ކަމުގައެވެ. އެހެންކަމުން އެމީހުން ވެސް އޭނާގެ ފަހަތުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:31
5 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.⁠“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.


އެތައް ބައިވަރު ބަނީއިސްރާއީލު މީހުންނެއް މަރުތާ އާއި މަރިޔަމްއަށް އެމީހުންގެ ކޮއްކޮ މަރުވެދިއުމުން ލިބުނު ހިތާމައިގައި ހިތްވަރު ދިނުމަށް ބެތާނިޔާއަށް އައެވެ.


އީސާގެފާނަށް މަރިޔަމް އާއި އޭނާއާއިއެކު އައި އެންމެން ރޯ ތަން ފެނުމުން ވަރަށް ދެރަފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅަށް ވެސް ބޮޑަށް އަސަރު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ