Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:28 - ކިތާބުލް މުޤައްދަސާ

28 މަރުތާ މިހެން ބުނުމަށް ފަހު އެނބުރި ގޮސް އޭނާގެ ކޮއްކޮ މަރިޔަމް ގާތު އެކަހެރިކޮށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ވަޑައިގެންފި. އެކަލޭގެފާނު ކަލޭ ދުށުމަށް އެދިވަޑައިގަންނަވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:28
19 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ސަހަރުގެ ތެރެއަށް ވަދެގެން ދާހިނދު، ތިޔަބައިމީހުންނާއި މީހަކު ދިމާވާނެ. އެމީހާއަށް ބުނޭ. ’⁠އެދުރުކަލޭގެފާނު ވިދާޅުވިއޭ. އެކަލޭގެފާނުގެ ވަގުތު މިވަނީ އައިސްފައޭ. އަދި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ތިމަންކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ތިބާގެ ގޭގައި ކާން ބޭނުމޭ.⁠‘⁠“


އީސާގެފާނު ހުއްޓިވަޑައިގެން ހުންނަވާ ވިދާޅުވިއެވެ. ”⁠އޭނާއަށް ގޮވާ.⁠“ އެހެންކަމާއެކު، އެބައިމީހުން އެ ލޯފަންމީހާއަށް ބުންޏެވެ. ”⁠ހިތްވަރުކޮށް މިކޮޅަށް އާދޭ! އެދުރުކަލޭގެފާނު ތިބާއަށް އެބަ ގޮވާލައްވާ!⁠“


އޭނާ ވަންނަ ގެއަށް ވަދެ އެ ގޭގެ ވެރިމީހާއަށް ބުނޭ: ’⁠އެދުރުކަލޭގެފާނު ބުންޏޭ، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަސްޙާބީން މި ޢީދުގެ ޖާފަތް ބާއްވަންވީ ކޮޓަރި ކޮބައިހޭ؟⁠‘


ދެން އެގޭގެ ވެރި މީހާއަށް ބުނޭ. ’⁠އެދުރުމީހާ ބުންޏޭ: މި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަހަރެންނާއި އަހަރެންގެ އަސްޙާބީން ކެއުމަށްޓަކައި ހަމަ ޖައްސައިފައިވާ ކޮޓަރި ކޮބައިހޭ؟⁠‘


އަންދުރާއި އެތަނުން އެނބުރި ގޮސް ފުރަތަމައިން ވެސް ދިޔައީ އޭނާގެ ބޭބެ ޝަމްއޫނު ހޯދުމަށެވެ. އޭނާ ފެނުމުން އަންދުރާއި ބުންޏެވެ. ”⁠އަހަރެމެންނަށް މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ފެނިއްޖެ.⁠“ ގުރީކު ބަހުން އަލްމަސީޙަށް ކިޔެނީ ކުރިސްޓޮސް އެވެ.


ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”⁠މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.⁠“


އެތަން ބަލަހައްޓާ ދޮރުވާނު އެމީހާ ވަނުމަށް ދޮރު ހުޅުވާދޭނެ. ހުއިހައްޕާ މީހާގެ އަޑު އޭނާގެ ކަންބަޅިތަކަށް އެނގޭނެ. އޭނާ އޭނާގެ ކަންބަޅިތަކަށް އޭގެ ނަމުން ގޮވާ އެތަނުން ނެރޭނެ.


މަރުތާއަށް އީސާގެފާނު އެރަށަށް ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނު ބަލާ ދިޔައެވެ. ނަމަވެސް މަރިޔަމް ނުގޮސް ގޭގައި މަޑުކުރިއެވެ.


މަރިޔަމްއަށް މިޚަބަރު ލިބުމުން އަވަހަށް ތެދުވެގެން އީސާގެފާނާއި ބައްދަލުކުރުމަށް ދިޔައެވެ.


އީސާގެފާނު އޭރު ވެސް ހުންނެވީ ރަށްބޭރުގައި އެކަލޭގެފާނު މަރުތާއާއި ބައްދަލުވެ ވަޑައިގަތް ތަނުގައެވެ.


ކަލޭމެން އަހަރެންނަށް މާތް ސާހިބާއޭ އެދުރުކަލޭގެފާނުއޭ ބުނެ މުޚާތަބު ކުރޭ. ކަލޭމެން އަހަރެންނަށް އެފަދައިން މުޚާތަބު ކުރިޔަސް އެންމެ ރަނގަޅު، އެއީ ތެދެއްމެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މަރިޔަމް!⁠“ އޭނާ އެކަލޭގެފާނާއި ދިމާއަށް އެނބުރި ޢިބްރާނީ ބަހުން ގޮވާލިއެވެ. ”⁠ރައްބޫނި!⁠“ މިބަހުގެ މާނައަކީ އެދުރުކަލޭގެފާނު އެވެ.


އެ ހިނދު ޕަތަރަސް ގާތު އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ، ބުންޏެވެ. ”⁠އެއީ މާތް ސާހިބާ!⁠“ ޝަމްއޫނު ޕަތަރަސްއަށް މާތް ސާހިބާއޭ ބުނި އަޑު އިވުނުއިރު އޭނާ ހުރީ ހުސްގަޔާ ކަމަށް ވީތީ އަވަހަށް އެއްޗިހި ލައިގެން މޫދަށް ފުންމާލައި ފަތާފައި އެއްގަމަށް އައެވެ.


އެހެންވީމާ، އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. އަދި އެކަކު އަނެކަކަށް ވަރުގަދަ އީމާންތެރިކަމެއްގައި ހެދި ބޮޑުވެދާށެވެ. އެއީ މިހާރު ވެސް ތިޔަބައިމީހުން އަމަލު ކުރަމުން ގެންދާ ފަދައިން ވެސް މެއެވެ.


ދެން ކަލޭމެންގެ ވަރުބަލިވެފައިވާ އަތްތައް އުފުލާށެވެ! ކަލޭމެންގެ ތުރުތުރު އަޅާ ކަކޫތަކަށް ގަދަކޮށްލާށެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ