Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:27 - ކިތާބުލް މުޤައްދަސާ

27 މަރުތާ ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ! ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ދުނިޔެއަށް ފޮނުއްވި ފަރާތް. އަލްމަސީޙަކީ ވެސް މާތްރަސްކަލާނގެ ދަރިކަލުންނަކީ ވެސް ހަމަ ކަލޭގެފާނު. އެކަން އަޅުގަނޑު ގަބޫލުކުރަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:27
17 ပူးပေါင်းရင်းမြစ်များ  

”⁠އަޅުގަނޑުމެން އިންތިޒާރު ކުރަމުން ގެންދިޔަ އަލްމަސީޙަކީ ތިޔައީތޯއޭ؟ ނޫނީ އަޅުގަނޑުމެން އެހެން ފަރާތަކަށް އިންތިޒާރު ކުރުންމަތީގައި ތިބެންވީތޯއޭ؟⁠“


ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠ކަލޭގެފާނީ އަލްމަސީޙު. ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ދަރިކަލުން.⁠“


ދެން އީސާގެފާނު އެކަލޭގެފާނީ އަލްމަސީޙު ކަން އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އަސްހާބީންނަށް އިންޒާރުކުރެއްވިއެވެ.


ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު ކަމުގައިވާ މާތްސާހިބާ.


ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”⁠ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.⁠“


އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”⁠ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.⁠“


އަޅުގަނޑުމެން މިތިބީ ތިޔަ ބަސްފުޅުތައް ގަބޫލުކޮށްގެން. އަދި ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި މާތް އަލްމަސީޙު ކަން ވެސް މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ.⁠“


ދެން އެމީހުން އެމަގުން ދަތުރުކޮށް ކުރިއަށް ދިޔައިރު އެތާނގައިވާ ފެންގަނޑެއް ފެނުނެވެ. އެވަގުތު މި އިތިޔޯޕިޔާގެ ވަޒީރު ފިލިޕުއަށް ބުންޏެވެ. ”⁠ނިކަން ދެކިބަލާ. މިތާނގައި މި ވަނީ ފެންގަނޑެއް. ވީއިރު އަހަރެން ތައުބާގެ ހިނެވުމުން ހިނައި ނުގަންނަންވީ ކީއްވެ؟⁠“


އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ