ޔޫޙަންނާ 11:25 - ކިތާބުލް މުޤައްދަސާ25 އީސާގެފާނު ވިދާޅުވިއެވެ. ”މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.
މިބައިމީހުންނީ މަރުވުމަށް ފަހު ފުރަތަމައަށް އަލުން ދިރިގެން އަންނަ މީސްތަކުންނެވެ. އަދި އެބައިމީހުންނީ ޚާއްސަ ގޮތެއްގައި ބަރަކާތްތެރި ކުރެވިގެންވާ ބައެކެވެ. އެބައިމީހުންގެ މައްޗަށް ދެވަނަ ފަހަރަށް މަރަކަށް ބާރެއް ނުފޯރުވޭނެއެވެ. އެބައިމީހުންނީ މާތްރަސްކަލާނގެ އާއި އަލްމަސީޙުގެ އިމާމުންނެވެ. އަދި އެބައިމީހުން މާތްރަސްކަލާނގެ އާއި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވެރިކަން ކުރައްވާނެއެވެ. ދެން މަރުވެފައި ތިބި އެހެން މީހުން އެ އެއްހާސް އަހަރު ނިމުމުގެ ކުރިޔަކުން އަލުން ދިރިގެންނެއް ނާންނާނެއެވެ.
މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”އާދޭ!“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”އާދޭ!“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!