Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:19 - ކިތާބުލް މުޤައްދަސާ

19 އެތައް ބައިވަރު ބަނީއިސްރާއީލު މީހުންނެއް މަރުތާ އާއި މަރިޔަމްއަށް އެމީހުންގެ ކޮއްކޮ މަރުވެދިއުމުން ލިބުނު ހިތާމައިގައި ހިތްވަރު ދިނުމަށް ބެތާނިޔާއަށް އައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:19
28 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.⁠“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.


ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ނާޙިސްއަކީ އަހަންނާމެދު ރަނގަޅަށް ކަންތައް ކުރި މީހެއް. އެހެންކަމުން އޭނާގެ ދަރި ހަނޫނަށް ވެސް އަހަރެން ހެޔޮކޮށް ހިތާން ޖެހޭނެ.⁠“ މިހެން ވިދާޅުވެ ހަނޫނަށް ތައުޒިއާ ކިޔައި ހެޔޮ އެދުމާއިގެން ޢައްމޫނީންގެ ރަށަށް ވަފުދެއް ފޮނުއްވައިފިއެވެ.


މި މަރުތާގެ މަރިޔަމް އޭ ކިޔާ ކޮއްކޮ އަކު ވިއެވެ. އޭނާ މާތްސާހިބާގެ ކައިރީ އިށީނދެ އެކަލޭގެފާނުގެ ބަސްފުޅުތައް ކަނުލާ އަޑުއަހަން އިނެވެ.


އެކަމަކު މުހިންމީ ހަމައެކަނި އެންމެކަމެއް. މަރިޔަމް އެކަން ކުރަން ނިންމީ ރަނގަޅަށް. އޭނާ އެ ގޮތަށް ކަން ކުރުން މަނައެއް ނުކުރެވޭނެ.⁠“


ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.


ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ.


ލާޒަރު މަރުވުމުގެ ސަބަބުން އެގެއަށް އެއްވެފައިވާ މީހުންނަށް މަރިޔަމް ކުއްލިއަކަށް ތެދުވެގެން ދާތަން ފެނުމުން ހީކުރެވުނީ އޭނާ އެދަނީ ލާޒަރުގެ މަހާނަދޮށަށް ރޯން ކަމުގައެވެ. އެހެންކަމުން އެމީހުން ވެސް އޭނާގެ ފަހަތުން ދިޔައެވެ.


އީސާގެފާނަށް މަރިޔަމް އާއި އޭނާއާއިއެކު އައި އެންމެން ރޯ ތަން ފެނުމުން ވަރަށް ދެރަފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅަށް ވެސް ބޮޑަށް އަސަރު ކުރިއެވެ.


އެތާނގައި ތިބި މީހުންގެ ތެރޭން ބަޔަކު ބުންޏެވެ. ”⁠އެކަލޭގެފާނު ލާޒަރު ދެކެ ލޯބިފުޅުވާ ވަރު ނިކަން ދެކިބަލަ.⁠“


މަރިޔަމްއާއި އެކު އެތަނަށް އައި މީސްތަކުންގެ ތެރެއިން އެތައް ބަޔަކަށް މި ކަންތައްތައް ފެނި އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ.


އެކަލޭގެފާނުގެ އަސްޙާބީން މިކަމާ އިންކާރު ކުރުމުގެ ގޮތުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އެރަށުގައި ބަނީއިސްރާއީލުގެ ވެރިން ކަލޭގެފާނު ހިލައިންތަޅާ އަވަހާރަކޮށްލަން އުޅުނީ މީގެ ހަމަ ދެތިން ދުވަސް ކުރިން ނޫންތޯ. ވީއިރު ކަލޭގެފާނު އެރަށަށް ވަޑައިގަންނަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“


އެހެންވީމާ، މިބަސްތަކުން އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ.


އެހެންވީމާ، އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. އަދި އެކަކު އަނެކަކަށް ވަރުގަދަ އީމާންތެރިކަމެއްގައި ހެދި ބޮޑުވެދާށެވެ. އެއީ މިހާރު ވެސް ތިޔަބައިމީހުން އަމަލު ކުރަމުން ގެންދާ ފަދައިން ވެސް މެއެވެ.


އެމީހުން އެ ކަށިތައް ނަގައި ޔާބީޝްގެ ތަމަރިސްކު ގަހުގެ ބުޑުގައި ވަޅުލައިފިއެވެ. އަދި ހަތްދުވަހު ރޯދައަށް ތިބެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ