Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:18 - ކިތާބުލް މުޤައްދަސާ

18 ބެތާނިޔާ ވަނީ ޖެރޫސަލަމާ ގާތްގަނޑަކަށް ދެ މޭލު ދުރުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:18
6 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނު އެތަނުން ނުކުމެ ވަޑައިގެން އެ ސަހަރުން ބޭރަށް ވަޑައިގެންނެވި އެވެ. އަދި ބެތާނިޔާ އަވަށަށް ވަޑައިގެންނެވިއެވެ. އަދި އެތާ އެކަލޭގެފާނު އެރޭ ހޭދަކުރެއްވިއެވެ.


ހަމަ އެދުވަހު އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކު ޖެރޫސަލަމާއި ގާތްގަނޑަކަށް ހަތް މޭލު ދުރުގައި ވާ ރަށެއް ކަމުގައިވާ އެމާއުސްއަށް ދިއުމަށް ދަތުރު ފެށިއެވެ.


ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ.


އެމީހުން ފަލި ޖަހާފައި ތިން ހަތަރު ވަރަކަށް މޭލަށް ގޮސްފައި ވަނިކޮށް ފެން މަތީގައި ހިންގަވާފައި އީސާގެފާނު އެމީހުންނާ ދިމާއަށް ވަޑައިގަންނަވަނިކޮށް އެމީހުންނަށް ފެނުނެވެ. އެމީހުން އެތަން ދެކެ ވަރަށް ބިރުގަތެވެ.


އެ މޭބިސްކަދުރުތައް ވަނީ ރަށްބޭރުގައިވާ މޭބިސްކަދުރު ދިޔަ ފެލާ އެތީގައި ޗިސްޗިސް ކުރެވިފައެވެ. އަދި އޭތިން ފޭބި ލޭ ފަސްފޫޓު ފުންމިނުގައި ގާތްގަނޑަކަށް ސަތޭކަ އައްޑިހަ މޭލު ދުރަށް ފެތުރިގެން ގޮސްފައި ވެއެވެ.


އެ ސަހަރުގެ ބައްޓަން ހުރީ ހަތަރެސްކަން ގޮޅިއެއް ހެންނެވެ. ސަބަބަކީ އެ ސަހަރުގެ ދިގުމިނާއި ފުޅާމިން އެއްވަރު ވުމުންނެވެ. އެ މަލާއިކަތާ އެ ސަހަރު މިންކުރެއްވި ހިނދު ދިގުމިނުގައި ފަނަރަ ސަތޭކަ މޭލު އަދި ފުޅާމިނުގައި ވެސް ފަނަރަ ސަތޭކަ މޭލު ހުއްޓެވެ. އަދި އުސް މިނުގައި ވެސް ހުރީ ހަމަ އެއް މިނެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ