Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:16 - ކިތާބުލް މުޤައްދަސާ

16 ދެން ތޯމާސް، ނުވަތަ ދީދިމޫހު އެހެން އަސްޙާބީންނަށް ބުންޏެވެ. ”⁠އެކަލޭގެފާނުގެ އަރިހުގައި ދަމާހިނގާ. އޭރުން އެކަލޭގެފާނާއި އެކު އަހަރެމެން ވެސް މަރުވެދާނެ އެންނު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:16
12 ပူးပေါင်းရင်းမြစ်များ  

ފިލިޕު އާއި ބަރުތުލޫމު އާއި ތޯމާސް އާއި ޓެކްސް ނަގާ މައްތާ އާއި ހަލްފާހުގެ ދަރި ޔާމިޒު އާއި ތައްދާވުސް އާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އަދި އިސްކަރިޔޮތުގެ ޔުދާސްއެވެ. އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނާއި ދެކޮޅުވެރިވެ އެކަލޭގެފާނަށް ޚިޔާނާތްތެރިވިއެވެ.


ޕަތަރަސް ދެންނެވިއެވެ. ”⁠ނޫން މާތްސާހިބާ، ކަލޭގެފާނާއިއެކުގައި ނިމި ދިޔަ ކަމުގައި ވިއަސް އަޅުގަނޑު ކަލޭގެފާނު ނުދަންނަ ކަމުގައި ނުބުނާނަން!⁠“ އަދި އެހެނިހެން އަސްޙާބީން ވެސް އެ ގޮތަށް ބުނެ ހުވާ ކުރިއެވެ.


އަންދުރާއި، ފިލިޕު، ބަރުތުލޫމު، މައްތާ، ތޯމާސް، ހަލްފާހުގެ ދަރި ޔާމިޒު، ތައްދާވުސް އާއި، ދީނާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނަށް ޚިޔާނާތްތެރިވިއެވެ.


ދެން ޝަމްއޫނު ޖަވާބުގައި ބުންޏެވެ. ”⁠މާތްސާހިބާ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި ޖަލަށް އަދި ކީއްކުރަން މަރުވުމަށް ވެސް މިހިރީ ތައްޔާރަށް.⁠“


އަހަރެން އެތާނގައި އޭނާގެ ކައިރީގައި ނުވިކަން އެއީ ކަލޭމެންނަށް ރަނގަޅަކަށް ވީކަމެއް. އެކަމާ އަހަރެން އުފާކުރަން. އެއީ މިކަމުގެ ސަބަބުން ވެސް ކަލޭމެންގެ އީމާންކަން އިތުރު ވާނެތީ. ލާޒަރުގެ ގާތަށް ދަމާހިނގާ.⁠“


އެކަލޭގެފާނުގެ އަސްޙާބީން މިކަމާ އިންކާރު ކުރުމުގެ ގޮތުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އެރަށުގައި ބަނީއިސްރާއީލުގެ ވެރިން ކަލޭގެފާނު ހިލައިންތަޅާ އަވަހާރަކޮށްލަން އުޅުނީ މީގެ ހަމަ ދެތިން ދުވަސް ކުރިން ނޫންތޯ. ވީއިރު ކަލޭގެފާނު އެރަށަށް ވަޑައިގަންނަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“


ޕަތަރަސް ދެންނެވިއެވެ. ”⁠މާތް ސާހިބާ! މިހާރު އަޅުގަނޑަށް ކަލޭގެފާނާއި އެކު ނުދެވެން ވީ ކީއްވެތޯ؟ އަޅުގަނޑު މިހިރީ ކަލޭގެފާނަށްޓަކައި މަރުވުމަށް ވެސް ތައްޔާރަށް.⁠“


އަސްޙާބީންގެ ތެރެއިން ތޯމާސް ދެންނެވިއެވެ. ”⁠ސާހިބާ، ތިޔަ ވަޑައިގަންނަވަނީ ކޮންތާނކަށް ކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. ވީއިރު އެތަނަށް ދާނެ މަގު އަޅުގަނޑުމެންނަށް އެނގޭނީ ކިހިނަކުން ތޯ؟⁠“


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ