14 އެހެންކަމުން އީސާގެފާނު އެމީހުންނަށް އޮޅުން ފިލާނެހެން ވިދާޅުވިއެވެ. ”ލާޒަރު މަރުވެއްޖެ!
އެ ކަލޭގެފާނުގެ އަސްޙާބީންނަށް މިވާހަކަފުޅު ވަރަށް ސާފުކޮށް އަންގައިވައިދެއްވިއެވެ. މިވާހަކަ މިހެން ވިދާޅުވުމުން، އެކަލޭގެފާނުގެ އަސްޙާބީ ޕަތަރަސް އެކަލޭގެފާނު އެއްފަރާތަށް ގެންދަވާ އެވާހަކަތައް ދެއްކުމަށް އިންކާރު ކުރިއެވެ.
އެވަގުތު ބަނީއިސްރާއީލުގެ ވެރިން އެކަލޭގެފާނު ވަށާލައި ކުރި ބައްދާފަ ބުންޏެވެ. ”ކަލޭ ތިޔަ އުޅެނީ އަހަރެމެން މި ގޮތަށް ޝައްކުމަތީ ކިހާ ދުވަހަކު ބައިތިއްބަން ކަމަށްތަ؟ ކަލޭ ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ނަމަ ސާފުކޮށް ބުނެބަލަ.“
އީސާގެފާނު ލާޒަރުއަށް ވަނީ ނިދިފައޭ ވިދާޅުވި ބަސްފުޅުގެ މާނައަކީ އޭނާ ވަނީ މަރުވެފައޭ އެވެ. ނަމަވެސް އެކަލޭގެފާނުގެ އަސްޙާބީން ހީކުރީ އީސާގެފާނު އެބަސްފުޅުން މާނަކުރެއްވީ ލާޒަރު ވަނީ އާދައިގެ ގޮތެއްގައި ނިދިފައި ކަމަށެވެ.
އަހަރެން އެތާނގައި އޭނާގެ ކައިރީގައި ނުވިކަން އެއީ ކަލޭމެންނަށް ރަނގަޅަކަށް ވީކަމެއް. އެކަމާ އަހަރެން އުފާކުރަން. އެއީ މިކަމުގެ ސަބަބުން ވެސް ކަލޭމެންގެ އީމާންކަން އިތުރު ވާނެތީ. ލާޒަރުގެ ގާތަށް ދަމާހިނގާ.“
އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.
ދެން އަސްޙާބީން ދެންނެވިއެވެ. ”އަދިކިރިޔާ އަޅުގަނޑުމެންނަށް އެނގޭފަދަ ގޮތަކަށް، މިސާލުބަސްތައް ބޭނުން ނުކުރައްވައި، ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި ތިޔަ ވާހަކަތައް ވިދާޅުވަނީ.