Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:13 - ކިތާބުލް މުޤައްދަސާ

13 އީސާގެފާނު ލާޒަރުއަށް ވަނީ ނިދިފައޭ ވިދާޅުވި ބަސްފުޅުގެ މާނައަކީ އޭނާ ވަނީ މަރުވެފައޭ އެވެ. ނަމަވެސް އެކަލޭގެފާނުގެ އަސްޙާބީން ހީކުރީ އީސާގެފާނު އެބަސްފުޅުން މާނަކުރެއްވީ ލާޒަރު ވަނީ އާދައިގެ ގޮތެއްގައި ނިދިފައި ކަމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:13
5 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ހުރިހާ އެންމެން ބޭރަށް ނުކުމޭ! އެ އަންހެންކުއްޖާ އެ ވަނީ މަރުވެފައެއް ނޫން. އޭނާ އެވަނީ ނިދާފައި!⁠“ އެމީހުން އީސާގެފާނާއި ދިމާލަށް ބަލައި ހޭންފެށިއެވެ.


އޭރު ބޭރުގައި އެންމެން އެކުއްޖާގެ މަރުގެ ސަބަބުން އަޑުންއަޑު ނަގާ ރޮއި ހިތާމަކޮށް ހަދަން ތިއްބެވެ. އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ރޮއި ހިތާމަކުރާނެ ކަމެއް ނެތް. މިކުއްޖާ މި ވަނީ މަރުވެފަ ނޫން. އޭނާ އެވަނީ ނިދާފަ.⁠“


މިއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެމެންގެ ރައްޓެހި ލާޒަރުއަށް ވަނީ ނިދިފައި. އަހަރެން މިދަނީ އޭނާއަށް ގޮވާ ހޭލައްވަން.⁠“


އީސާގެފާނުގެ އަސްޙާބީން ދެންނެވިއެވެ. ”⁠ސާހިބާ! ލާޒަރު ރަނގަޅަށް ނިދީ ކަމުގައިވާނަމަ އެވާނީ އޭނާގެ ބަލި ރަނގަޅުވަމުން ދަނީ ކަމުގައި.⁠“


އެހެންކަމުން އީސާގެފާނު އެމީހުންނަށް އޮޅުން ފިލާނެހެން ވިދާޅުވިއެވެ. ”⁠ލާޒަރު މަރުވެއްޖެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ