Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:1 - ކިތާބުލް މުޤައްދަސާ

1-2 ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:1
15 ပူးပေါင်းရင်းမြစ်များ  

މީގެ ދުވަސްތަކެއްގެ ފަހުން ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ލިބިވަޑައިގަތެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއީމް ގޮވައިގެން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެންނެވި ޙަބަރުފުޅު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތުމުން ހަށިކޮޅަށް ލެވުނުހާ ބާރެއްލައްވައި ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެން އެދުމަތީގައި އިށީނދެ ވަޑައިގަތެވެ.


އެއަށް ފަހު އީސާގެފާނު އެތަނުން ނުކުމެ ވަޑައިގެން އެ ސަހަރުން ބޭރަށް ވަޑައިގެންނެވި އެވެ. އަދި ބެތާނިޔާ އަވަށަށް ވަޑައިގެންނެވިއެވެ. އަދި އެތާ އެކަލޭގެފާނު އެރޭ ހޭދަކުރެއްވިއެވެ.


އީސާގެފާނާއި އަސްޙާބީން ޖެރޫސަލަމާއި ކައިރިވަމުން ދިޔައެވެ. އަދި ޒައިތޫނި ފަރުބަދަ މަތިގައިވާ ދެ އަވަށް ކަމުގައިވާ ބެތުފާގޭ އާއި ބެތާނިޔާ އާއި ކައިރީގައިވި ހިނދު އެކަލޭގެފާނުގެ ދެ އަސްޙާބީން އަރިހަށް ގެންނަވާ މިފަދައިން އިރުޝާދު ދެއްވާ ފޮނުއްވިއެވެ. ”⁠ކުރިމަތީގައިވާ އަވަށަށްދޭ. ތިޔަބައިމީހުންނަށް އެ އަވަށަށް ދެވުމާއެކު، އެތަނުގައި ބަނދެފައިވާ ޅަ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން މީހަކު ދަތުރުކޮށްފައިވާ ހިމާރެއް ނޫން. ތިޔަބައިމީހުން ގޮސް އެ ހިމާރު މޮހާލައިގެން މިތަނަށް ގެނޭ.


މިއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެމެންގެ ރައްޓެހި ލާޒަރުއަށް ވަނީ ނިދިފައި. އަހަރެން މިދަނީ އޭނާއަށް ގޮވާ ހޭލައްވަން.⁠“


ބެތާނިޔާ ވަނީ ޖެރޫސަލަމާ ގާތްގަނޑަކަށް ދެ މޭލު ދުރުގައެވެ.


އެތައް ބައިވަރު ބަނީއިސްރާއީލު މީހުންނެއް މަރުތާ އާއި މަރިޔަމްއަށް އެމީހުންގެ ކޮއްކޮ މަރުވެދިއުމުން ލިބުނު ހިތާމައިގައި ހިތްވަރު ދިނުމަށް ބެތާނިޔާއަށް އައެވެ.


އެހެން ކަމުން މަރުތާ އާއި މަރިޔަމް މީހަކު ފޮނުވައި އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު ލޯބިފުޅުވާ ލާޒަރު ވަނީ ވަރަށް ބޮޑަށް ބަލިވެ ހާލެއް ނެތިފަ.⁠“


އެބައިގަނޑުގެ ތެރޭގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނު ލާޒަރު އަލުން ދިރުއްވިތަން ދުށް މީހުން އެތާނގައި ތިބި އެންމެން ގާތު އެވާހަކަތައް ކިޔާދެމުން ދިޔައެވެ.


އީސާގެފާނު އެތަނަށް ވަޑައިގެންނެވި ޚަބަރު ލިބުމުން ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާއި، އަދި އެކަލޭގެފާނު އަލުން ދިރުއްވި ލާޒަރު ދެކެން އެގެއަށް އެއްވެފައިވިއެވެ.


ޕަތަރަސް ލިއްދާގައި ވަނިކޮށް ތަބީތާ ބަލިވެ އެބަލީގައި އޭނާ މަރުވިއެވެ. ދެން އޭނާގެ ގާތް މީހުން އޭނާ ކަފުންކޮށް ވަޅުލުމަށް ތައްޔާރުކޮށް ގޭގެ މަތީގެ ކޮޓަރިއެއްގައި ބޭއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ