7 އެހެން ކަމުން އެކަލޭގެފާނު މި ބަސްފުޅުތައް މާނަކޮށް ދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. ”ހަމަ ތެދެއް، ކަންބަޅި ބަކަރި ވަދެ ނުކުމެވާ ދޮރަކީ އަހަރެން.
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ކަލޭމެންގެ ގާތު ބުނަންތަ؟ ކަންބަޅި ބަކަރި ކޮއްޓަކަށް ދޮރު ނޫން އެހެން ދިމާއަކުން އަރައިގެން ވަންނާނީ ވައްކަންކުރަން ވަންނަ ވަގެއް.
އަހަރެން މިއީ ދޮރު. އަހަރެން މެދުވެރިކޮށް ވަންނަ މީހުންނަށް ދިންނެވުން ލިބޭނެ. އަދި އެމީހުން ކޮންމެ ތާނކަށް ދިޔަ ނަމަވެސް އެތަނުގައި އެމީހުންނަށްޓަކައި ފެހިވިނައިގެ ދަނޑުތައް ފެންނާނެ.
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.
އެއީ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެން ހުރިހާ އެންމެންނަށް، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ފަރާތްތަކާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅަށް އެއް ރޫޙުފުޅެއްގައި ބައްޕާފުޅުގެ ޙަޟްރަތަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިދިނުމަށް ވެސް މެއެވެ.