Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 10:6 - ކިތާބުލް މުޤައްދަސާ

6 އީސާގެފާނު މި މިސާލު ބޭނުން ކުރައްވައި ވިދާޅުވި މި ވާހަކައިގެ މާނަ އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއެހި މީހުންނަކަށް ނުވިސްނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 10:6
20 ပူးပေါင်းရင်းမြစ်များ  

ނުބައިމީހުންނަކަށް އިންސާފުވެރިކަމެއް ނޭނގެއެވެ. އެކަމަކު މާތްރަސްކަލާނގެއަށް ބޯލަނބާ މީހުންނަށް އެކަންތައް ފުރިހަމައަށް އޮޅުންފިލައެވެ.


އީސާގެފާނުގެ އުނގަންނަވައި ދެއްވި ދެއްވުންތަކުގައި މާނަފުން ވާހަކަފުޅު ބޭނުން ނުކުރައްވައި އެބައިމީހުންނަށް އެއްވެސް ވާހަކައެއް އުނގަންނަވައި ނުދެއްވައެވެ.


އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް މިހުރިހާ ކަމެއް އެނގިއްޖެތަ؟⁠“ އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠އާދެ. އަޅުގަނޑުމެންނަށް އެނގިއްޖެ.⁠“


އެބައިމީހުންނާއި އެކަލޭގެފާނު މުޚާތަބު ކުރެއްވީ މުޅިން ވެސް މާނަފުން ވާހަކައިންނެވެ. އެހެނަސް އެކަލޭގެފާނުގެ އަސްޙާބީންނާއެކު އެކަހެރިވެ ވަޑައިގަންނަވާ ހިނދު މިހުރިހާ ވާހަކަތަކެއް އަސްޙާބީންނަށް އޮޅުންފިލުވައި ދެއްވައެވެ.


އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.


ދެން އަސްޙާބީން ދެންނެވިއެވެ. ”⁠އަދިކިރިޔާ އަޅުގަނޑުމެންނަށް އެނގޭފަދަ ގޮތަކަށް، މިސާލުބަސްތައް ބޭނުން ނުކުރައްވައި، ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި ތިޔަ ވާހަކަތައް ވިދާޅުވަނީ.


މިބަސްތަކުގެ ސަބަބުން އެއްވެ ތިބި މީހުންގެ ރުޅި ގަދަވެގެން ޒުވާބު ކުރަން ފެށިއެވެ. އެމީހުން ބުންޏެވެ. ”⁠މި މީހާއަށް އޭނާގެ ހަށިގަނޑު އަހަރެމެންނަށް ކާންދެވޭނީ ކިހިނެއް؟⁠“


އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”⁠މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟⁠“


އޭނާ އެބުނަނީ ’⁠ކަލޭމެން ކިތަންމެ ވަރަކަށް ހޯދިޔަސް ތިމަން ނުފެންނާނެޔޭ⁠‘ އަދި ’⁠ތިމަން މި ދާން އުޅޭތަނަކަށް ކަލޭމެންނަކަށް ނުދެވޭނެޔޭ⁠‘ އެއީ ކީކޭތަ އޭނާ އެބުނަނީ؟⁠“


އެކަލޭގެފާނު އެ ވާހަކަ ފުޅު ދައްކަވަނީ ބައްޕާފުޅާ މެދުގައިކަމެއް އެމީހުންނަކަށް ނޭނގެއެވެ.


ކަލޭމެންނަށް އަހަރެން މިބުނާ އެއްޗެއް ނުވިސްނެނީ ކީއްވެ؟ އެއީ ކަލޭމެންނަށް އަހަރެން މި ބުނާ އެއްޗެއް އަޑުއަހަން ކެތް ނުވާތީ.


އެފަދަ މީހުންނާއިމެދު ހަރުބަސް އެކުލެވިގެންވާ ފޮތްކޮޅުގައި ބަޔާންވެގެން ވަނީ ތެދުކަން ހާމަވެއެވެ. ”⁠ކުއްތާ ހޮޑުލައި އަދި އެނބުރިގޮސް އެ ހޮޑުތަކުގައި ދޫލާނޭ.⁠“ އަދި ”⁠އޫރު ދޮވެ ތާހިރު ވުމަށް ފަހު ކިސަޑު ތެރޭގައި ފުރޮޅޭނޭ.⁠“


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ