ޔޫޙަންނާ 10:5 - ކިތާބުލް މުޤައްދަސާ5 އެ ކަންބަޅިތައް އެއެއްޗެހި ނުދަންނަ މީހަކާއި އެއްކަކު ނުދާނެ. އެއެއްޗެހި އެ މީހަކާ ދުރަށް ދުވެ ހިނގައިދާނެ. އެއީ އެމީހާގެ އަޑަކީ އެ ކަންބަޅިތައް ނުދަންނަ އަޑަކަށް ވީމާ.“ အခန်းကိုကြည့်ပါ။ |
އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.
ތިޔަބައިމީހުން ކަންތައް ކުރި ގޮތާއި ތިޔަބައިމީހުން ކުރި ބުރަ މަސައްކަތް އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން ކެތްތެރިކަމާއެކު ހިފެހެއްޓި މިންވަރު ވެސް އަހަރެންނަށް އެނގޭ. ނުބައި ނުލަފާ މީހުން ތިޔަބައިމީހުންނަށް ޤަބޫލު ނުކުރެވޭކަން ވެސް އަހަރެންނަށް އެނގޭ. އަދި މަންދޫބުން ކަމުގައި ބަޔަކު ބުނަމުން ދިޔަ ހިނދު ތިޔަބައިމީހުން އެފަދަ މީހުން އިމްތިޙާނު ކުރި. އަދި ތިޔަބައިމީހުން ކުރި އިމްތިޙާނުން އެބައިމީހުން ފޭލްވުމުން އެއީ ދޮގުވެރިން ކަމުގައި ތިޔަބައިމީހުންނަށް އެނގުނު.