ޔޫޙަންނާ 10:31 - ކިތާބުލް މުޤައްދަސާ31 އަނެއްކާވެސް ބަނީއިސްރާއީލު މީހުން އީސާގެފާނުގެ އަވަހާރަކޮށްލުމުގެ ގަސްތުގައި ހިލަބުރިތައް ނެގިއެވެ. အခန်းကိုကြည့်ပါ။ |
ވީމާ އެގަތުލުކުރެވި ދިޔަ ހާ ސާލިޙު ރަނގަޅު މީސްތަކުންގެ ގަތުލުގެ ޒިންމާ ކަލޭމެން އުފުލަންޖެހޭނެ. އެއީ ހާބީލް ގަތުލު ކުރެވުމުން ފެށިގެން ބަރަކިޔާހުގެ ދަރި ޒަކަރިއްޔާ ގަތުލު ކުރެވުމާއި ހަމައަށް. ޒަކަރިއްޔާ އަވަހާރަ ކޮށްލެވުނީ ބައިތުލް މަޤްދިސް އާއި ޤުރުބާން ހުށަހަޅާ އައްޓާއި ދެމެދުގައި ހުންނެވި ހިނދު.
މިބަސްފުޅުގެ ސަބަބުން ބަނީއިސްރާއީލު މީހުން އަދި ވަކިން ބޮޑަށް އީސާގެފާނު އަވަހާރަކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެއީ އީސާގެފާނު ސަބަތުގެ ދުވަހުގެ ގަވާއިދާއި ޚިލާފުވެ ވަޑައިގަތީތީ އެވެ. އަދި އެކަލޭގެފާނުގެ ބައްޕައަކީ މާތްރަސްކަލާނގެއޭ ވިދާޅުވީތީ އެވެ. އެގޮތުން އީސާގެފާނު އެކަލޭގެފާނާއި މާތްރަސްކަލާނގެ އާއި އެއްވަރު ކުރެއްވީތީ ވެސް މެއެވެ.
ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.