ޔޫޙަންނާ 10:29 - ކިތާބުލް މުޤައްދަސާ29 އަހަރެންގެ ބައްޕާފުޅު ވަނީ އެމީހުން އަހަންނަށް ދެއްވާފައި. އެކަލާނގެއަކީ އެންމެ ބާރު ގަދަ ފަރާތް. އެކަކަށް ވެސް ބައްޕާފުޅުގެ އަތްޕުޅު ދަށުން އެމީހުން ޖަހައެއް ނުގަނެވޭނެ. အခန်းကိုကြည့်ပါ။ |
މިހާރު އަޅުގަނޑު މިދަނީ އިނބަރަސްކަލާނގެ ޙަޟްރަތަށް. އަޅުގަނޑަކީ މިހާރު ދުނިޔޭގައި ނެތް މީހެއް. އެކަމަކު އެމީހުން އެ ވަނީ މި ދުނިޔޭގައި. ކީރިތި ބައްޕާފުޅު! އަޅުގަނޑަށް ދެއްވި އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުން އެމީހުންނަށް ރައްކާތެރިކަން ދެއްވާށި! އެއީ އިނބަރަސްކަލާނގެއާއި އަޅުގަނޑަކީ އެކައްޗެއް ކަމުގައި ވާ ފަދައިން އެމީހުންނަކީ ވެސް އެކައްޗެއް ކަމުގައި ވުމަށް.
”އިނބަރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުންގެ ތެރޭން އަޅުގަނޑަށް ދެއްވި މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު ހާމަ ކޮށް ދީފިން. އެމީހުންނަކީ އިނބަރަސްކަލާނގެ މިލްކުގައިވާ މީހުން. އިނބަރަސްކަލާނގެ އެމީސްތަކުން އަޅުގަނޑަށް ދެއްވައިފީމު. އެމީސްތަކުން އިނބަރަސްކަލާނގެ ބަސްފުޅަށް ކިޔަމަން ގެންފި.