Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 10:25 - ކިތާބުލް މުޤައްދަސާ

25 އީސާގެފާނު ޖަވާބުދެއްވިއެވެ. ”⁠އަހަރެން ބުނެފީމެންނު. އެކަމަކު ކަލޭމެން އަހަރެންގެ ބަހެއް ގަބޫލެއް ނުކުރޭ. އަހަރެން ބައްޕާފުޅުގެ ހުއްދަ އާއި ބާރާއި އެކު މިކުރާ ކަންތައްތަކުން ވެސް އަހަރެން މީ ކާކުކަން އެބަ ބުނެދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 10:25
17 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު އެންގެވި ގޮތުގެ މަތިން އަހަރެން ކަލޭމެންނަށް އެތައް ރަނގަޅު ކަންތަކެއް އަންގާދީ ދައްކައި ދިނިން. ވީއިރު ކަލޭމެން އަހަރެން މަރާލަން ތިޔަ އުޅެނީ އެކަންތައްތަކުގެ ތެރެއިން ކޮންކަމެއްގެ ސަބަބުންތަ؟⁠“


އަހަރެންގެ ބައްޕާފުޅު އެންގެވި ފަދައިން އަހަރެން ކަންތައްތައް ނުކުރާނަމަ ކަލޭމެން އަހަރެންގެ ބަސްތައް ގަބޫލު ކުރާނެ ކަމެއް ނެތް.


ކަލޭމެން އަހަރެން ގަބޫލު ނުކުރި ނަމަވެސް، އެކަލާނގެ އެންގެވި ފަދައިން އަހަރެން ކަންތައް ކުރަނީނަމަ، އަހަރެން މިކުރާ ކަންތައްތައް ދެކި އީމާންވޭ. އޭރުން ކަލޭމެންނަށް ވެސް އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައި ކަން އަބަދަށްޓަކައި އެނގިގެންދާނެ.⁠“


ދެން ބޮޑުއިމާމުންނާއި ފަރީސީން ބަނީއިސްރާއީލުގެ ބޮޑުންގެ ދީނީކޯޓުގެ ބައްދަލުވުމަކަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠އަހަރެމެން ކުރަންވީ ކީއް؟ މިމީހާ އެތައް މުޢުޖިޒާތްތަކެއް ދައްކަމުން އެބަދޭ.


އީސާގެފާނު ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެތައް ބަޔަކުމެ ދުއްޓެވެ. ނަމަވެސް އެމީހުން އެކަލޭގެފާނަށް އީމާންވުމަށް އިންކާރުކޮށް ދެކޮޅު ހެދިއެވެ.


އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައޭ އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައޭ އަހަރެން ބުނީތީ އެ ބަސް ގަބޫލު ކުރޭ، ނޫނީ އަހަރެން މި ކުރާކަންތައް ފެނުނީތީ އެބަސް ގަބޫލު ކުރޭ.


އަސްޙާބީންގެ ކުރިމަތީގައި އީސާގެފާނު ވަނީ ވަރަށް ގިނަ މާނަ ފުން މުޢުޖިޒާތްތަކެއް ދައްކަވާފައެވެ. އެ ހުރިހާ ކަންތަކެއް މި ފޮތުގައި ލިޔެވިފައެއް ނުވެއެވެ.


އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“


މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. އެމީހުން ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަތަސް މިކަލޭގެފާނު މިދެއްކެވި ވަރަށް ވުރެން ވަކިން ބޮޑު މުޢުޖިޒާތްތަކެއް ދެއްކި ދާނެބާ؟!⁠“


މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“


އަހަރެންނަކީ ކާކު ކަމާމެދު އަހަރެން މިބުނާ ބަސްތައް އަހާ ގަބޫލު ނުކޮށްފި ނަމަ ’⁠ކަލޭމެން މަރުވެ ދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވިއޭ⁠‘ އަހަރެން މިބުނަނީ އެހެންވެ.⁠“


ކަލޭމެންގެ ބަފައިކަލުން އިބްރާހީމްގެފާނު ހުންނެވީ އަހަރެން އަންނާނެ ދުވަހެއްގެ އިންތިޒާރުގައި. އަހަރެންގެ މިދުވަސް ފެނުމުން އެކަލޭގެފާނު އުފާފުޅުވި.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ؟ ހަމަކަށަވަރުން، އިބްރާހީމްގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ މާކުރީން ވެސް އަހަރެން ހުރީމު.⁠“


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ