22 އީސާގެފާނު ހަނުއްކާހުގެ ޢީދުގެ ދުވަސްވަރު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.
ޖެރޫސަލަމުން އައި ދީނުގެ ދަންނަބޭކަލުން ބުނަމުން ދިޔައެވެ. ”އޭނާއަށް ވަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން ބާރުލިބިފަ! އޭނާ ޖިންނީގެ ބާރުގެ ދަށުގައި ވީ ފަރާތްތައް ރަނގަޅު ކުރަމުން ގެންދަނީ އެބާރުގެ އެހީލިބިގެން.“
ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”މިބަސްތަކަކީ ޖިންނި އަވަލާފައި ހުންނަ މީހަކު ބުނާނެ ކަހަލަ ބަސްތަކެއް ނޫން. އެހެން ނޫނަސް ޖިންނިއަކަށް ލޯ އަނދިރި މީހެއްގެ ލޮލުގެ އަލިކަން އަނބުރާ ގެނެސް ދެވިދާނެ ތަ؟“
އޭރު އެއީ ފިނިމޫސުމެވެ. މީގެ ތެރެއިން ދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައިވާ ސުލައިމާނުގެފާނުގެ ފެންޑާއޭ ކިޔުނު ތަނުގައި ހިންގަވާ ވަޑައިގެންނެވިއެވެ.