Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 10:21 - ކިތާބުލް މުޤައްދަސާ

21 ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠މިބަސްތަކަކީ ޖިންނި އަވަލާފައި ހުންނަ މީހަކު ބުނާނެ ކަހަލަ ބަސްތަކެއް ނޫން. އެހެން ނޫނަސް ޖިންނިއަކަށް ލޯ އަނދިރި މީހެއްގެ ލޮލުގެ އަލިކަން އަނބުރާ ގެނެސް ދެވިދާނެ ތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 10:21
11 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟


ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”⁠މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!⁠“ އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.


އަޑުއަހާނެ ކަންފަތާއި ބަލާނެ ލޮލަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތެކެވެ.


ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އީސާގެފާނު ހަނުއްކާހުގެ ޢީދުގެ ދުވަސްވަރު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


ދެން އީސާގެފާނު ބިންމައްޗަށް ކުޅުފޮދެއް ޖައްސަވައި އެ ކުޅުފޮދު ވެއްޔާ އެއްކުރައްވައި އެމީހާގެ ލޮލުގައި އުނގުޅުއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ