ޔޫޙަންނާ 10:18 - ކިތާބުލް މުޤައްދަސާ18 އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.“ အခန်းကိုကြည့်ပါ။ |
އަހަރެން އަމިއްލައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އަހަރެން ކަންތައްކުރަނީ އަހަރެންނަށް އެންގެވުނު ފަދައިން. އެހެން ކަމުން އަހަރެންގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް. އަހަރެން އެއްކަމެއް ވެސް އަހަރެންގެ އަމިއްލަ އުފަލަކަށްޓަކައެއް ނުކުރަން. އަހަރެން ކުރަނީ އަހަރެން ފޮނުއްވި ފަރާތުގެ އުފަލަށްޓަކައި ކުރާ ކަންތައް.“
އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.