ޔޫޙަންނާ 10:16 - ކިތާބުލް މުޤައްދަސާ16 މިބައިގައި ނުހިމެނޭ އެހެން ކަންބަޅިތައް ވެސް އަހަރެންނަށް ލިބިގެންވޭ. އެ އެއްޗިހިވެސް އަހަރެންގެ ކައިރިއަށް އަހަރެން ގެންނާނަން. އެ އެއްޗެއްސަށް ވެސް އަހަރެންގެ އަޑު އެނގޭނެ. އޭރުން ހުންނާނީ އެންމެ ހުއިހައްޕާ މީހެއް. އަދި ތިބޭނީ ވެސް ކަންބަޅިތަކުގެ އެއްބައިގަނޑެއް. အခန်းကိုကြည့်ပါ။ |
އަދި އީސާގެފާނު މި މާނަފުން ވާހަކަ ވެސް އެބައިމީހުންނަށް ވިދާޅުވެ ދެއްވިއެވެ. ”މިސާލަކަށް އަންހެނެއްގެ އަތުގައި ރިހި ދިހަލާރި ވި. އަދި މީގެ ތެރެއިން އެއްލާރި ގެއްލުނު. މިހެން ކަންތައް ދިމާވި ހިނދު އެއަންހެން މީހާ ކަންތައް ކުރާނީ ކޮން ފަދައަކުން؟ އޭނާ ބައްތި ދިއްލައި ގޭތެރެ އަލިކޮށް މުޅި ގޭތެރެ ކުނިކަހާ މި ރިހިލާރި ފެނޭތޯ މުޅި ގޭތެރޭގެ ހުރިހާ ތަނެއް ހޯދާނެ.
ސިމިޔާނު ޕަތަރަސް ހަމަދެންމެ އަހަރެމެންނަށް އެ ކިޔާ ދިނީ އެންމެ ފުރަތަމަ ފަހަރު މާތްރަސްކަލާނގެ އެކަލާނގެ ލޯބިފުޅު ބަނީއިސްރާއީލު މީހުން ނޫން އެހެން މީހުންނަށް ދައްކަވާ، އެމީހުން ވެސް އެއީ އެކަލާނގެ މީސްތަކުންގެ ތެރެއިން ވާ ބަޔަކު ކަމުގައި ލެއްވި ގޮތުގެ ވާހަކަ. އެންމެފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންގެ ތެރެއިން ބަޔަކު އެކަލާނގެ މީސްތަކުންގެ ގޮތުގައި އެކަލާނގެ ހޮއްވަވައިފި.
މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.
”މީގެ ކުރީގައި ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރެއްވި ބައެއްއްނޫނެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. މީގެކުރިން ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަޙުމަތްފުޅަކީ ކޮބައިކަން އެނގިގެން ނުވެއެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނަށް އެކަލާނގެ ރަޙުމަތްފުޅު ލިބިއްޖެއެވެ.“