Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:9 - ކިތާބުލް މުޤައްދަސާ

9 އެންމެންނަށް އަލިކަން ދެއްވާނެ ފަރާތް ކަމަށްވާ އަސްލު އަލިކަމުގެ ވެރިޔާ އޭރު ވަނީ ވަޑައިގަންނަވަން ކައިރިވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:9
15 ပူးပေါင်းရင်းမြစ်များ  

އެކަމަކު ތިޔަބައިމީހުންގެ ލޯ ނުބައިނަމަ، ތިޔަބައިމީހުން ފުރިގެންވާނީ ފުން އަނދިރިކަމުން. ތިޔަބައިމީހުންގެ ކިބައިގައި ހުންނަން ޖެހޭ އަލިކަން ވާނީ ތިޔަބައިމީހުންގެ ކިބައިން ގެއްލި ގޮސްފައި. އަދި ތިޔަބައިމީހުންގެ ކިބައިގައި ހަމައެކަނި ވާނީ އަނދިރިކަން. އެ އަނދިރިކަން ވާނީ ނުހަނު ބޮޑު ފުން އަނދިރިކަމަކަށް.


ކަލޭގެ ހިތާއި ދިރިއުޅުމުގެ އެއްވެސް ބައެއް އަނދިރި ކަމުގައި ނުވަނީ ނަމަ ކަލޭ ވާނީ އަލިކަމުގެ ތެރޭގަ. އޭރުން އަލިގަދަ ބައްތިއެއްގެ އަލި ކަލޭގެ މައްޗަށް އެޅިފައިވާ ފަދައިން ކަލޭ ވިދާނެ.⁠“


ހުރިހާ އެއްޗަކަށް ދިރުން ލިބުނީ ބަސްފުޅުގެ ސަބަބުންނެވެ. އަދި އެންމެންނަށް އަލިކަން ލިބުނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ސަބަބުންނެވެ.


މާތްރަސްކަލާނގެ ޔަޙުޔާގެފާނު ފޮނުއްވީ މި އަލިކަމާއި ބެހޭގޮތުން މީސްތަކުންނަށް އަންގައިދީ ހެކިވުމަށެވެ. އަދި އެންމެންނަށް މި އަލިކަމާމެދު އޮޅުންފިލުވާދީ އެކަން ގަބޫލުކުރުމަށް އެހީވުމަށްޓަކައެވެ.


އަހަރެން މިއީ ދުނިޔެއަށް ފޮނުއްވުނު އަލިކަން. އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ އެއްވެސް މީހަކު އަނދިރިކަމުގެ ތެރެއަކު ނުވާނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަސްލު މޭބިސްކަދުރު ވެލަކީ އަހަރެން. އެ ހައްދާ ބަލަހައްޓާ ފަރާތަކީ އަހަރެންގެ ބައްޕާފުޅު.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބުނަންތަ؟ މޫސާގެފާނު މީސްތަކުންނަށް ދެއްވި ސުވަރުގޭގެ ކާނާއަކީ އެކަލޭގެފާނު އަމިއްލަފުޅަށް ދެއްވި އެއްޗެއް ނޫން. އަސްލު ސުވަރުގޭގެ ކާނާ ކަލޭމެންނަށް ދެއްވަނީ އަހަރެންގެ ބައްޕާފުޅު.


އެތަނަށް އެއްވެފައިތިބި މީސްތަކުންގެ މެދުގައި އީސާގެފާނާއި ބޭހޭގޮތުން ތަފާތު ވާހަކަތައް ސިއްރު ސިއްރުން ދެކެވެމުން ދިޔައެވެ. އެއްބަޔަކު ބުންޏެވެ. ”⁠އެކަލޭގެފާނަކީ ވަރަށް ރަނގަޅު މާތް ބޭކަލެއް.⁠“ އަދި އަނެއްބަޔަކު ބުންޏެވެ. ”⁠ކޮންތާނކު، އޭނާއަކީ މީހުން މަގުފުރައްދަން އުޅޭ މީހެއް.⁠“


އަހަރެމެން ފާފައެއް ނުކުރާކަމުގައި ބުނާ ނަމަ އަހަރެމެން އަމިއްލައަށް އަހަރެމެންގެ ނަފްސުތައް މޮޔަ ހައްދުވަނީ އެވެ. އަދި އަހަރެމެންގެ ހިތްތަކުގައި ތެދުވެރިކަމެއް ނުވަނީއެވެ.


ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް މި ލިޔާ އަމުރުފުޅަކީ އާ އަމުރުފުޅެކެވެ. އެހެނީ މިއަމުރުފުޅުގެ ތެދުކަން އަލްމަސީޙުގެ ޙަޔާތްޕުޅުން އަހަރެމެންނަށް ވަނީ ފެނިފައެވެ. އަދި ތިޔަބައިމީހުންގެ ދިރިއުޅުމުން ވެސް މެއެވެ. އެހެންކަމުން އަނދިރިކަން މިދަނީ ނެތެމުންނެވެ. ޙަޤީޤީ އަލިކަން މިދަނީ ބަބުޅަމުންނެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ