ޔޫޙަންނާ 1:7 - ކިތާބުލް މުޤައްދަސާ7 މާތްރަސްކަލާނގެ ޔަޙުޔާގެފާނު ފޮނުއްވީ މި އަލިކަމާއި ބެހޭގޮތުން މީސްތަކުންނަށް އަންގައިދީ ހެކިވުމަށެވެ. އަދި އެންމެންނަށް މި އަލިކަމާމެދު އޮޅުންފިލުވާދީ އެކަން ގަބޫލުކުރުމަށް އެހީވުމަށްޓަކައެވެ. အခန်းကိုကြည့်ပါ။ |
ޕައުލް އެމީހުންނަށް ބުންޏެވެ. ”ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ މީސްތަކުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަމުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން. ނަމަވެސް ޔަޙުޔާގެފާނު މީސްތަކުންނަށް އަންގަވަމުން ދިޔައީ އެކަލޭގެފާނަށް ފަހު އަންނަ ކަލޭގެފާނަށް އީމާންވުމަށް. އެކަލޭގެފާނަކީ އީސާގެފާނު.“
މާތްރަސްކަލާނގެއީ އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރައްވައި އެނބުރި ވަޑައިގެންނެވުމަށް ޙަޤީޤަތުގައި ވެސް ލަސްވެގެންވާ ފަރާތެއް ނޫނެވެ. ބައެއްފަރާތްތަކަށް އެކަން ލަސްވެގެންވާކަމުގައި ވިސްނިފައި އޮތަސްމެއެވެ. އެކަލާނގެ ތިޔަބައިމީހުންނާމެދު ކެތްތެރިވެ ވޮޑިގެންވެއެވެ. އަދި އެއްވެސް ފަރާތެއް ގެއްލެނި ކުރެއްވުމަކަށް އެދިވޮޑި ނުގަންނަވަމެވެ. އެއީ އެކަލާނގެ ހުރިހާ އެންމެންނަށް މުއްދަތު ދެއްވައި ތައުބާވުމަށް އެދިވޮޑިގަންނަވާތީއެވެ.