Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:6 - ކިތާބުލް މުޤައްދަސާ

6 މާތްރަސްކަލާނގެ ފޮނުއްވުމުން ޔަޙުޔާގެފާނު ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:6
15 ပူးပေါင်းရင်းမြစ်များ  

މާތްވެގެންވާ ފަތްފުށްތަކުގައި ޔަޙުޔާގެފާނާއި މެދު ބަޔާންކޮށް ދެއްވާފައި ވަނީ އެކަލޭގެފާނަކީ ޚާއްސަ ނަބީބޭކަލެއް ކަން. އެކަލޭގެފާނާއި މެދު މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވޭ: ’⁠ނިކަން ބައްލަވާ! ކަލޭގެފާނު ފޮނުއްވުމުގެ ކުރިން ތިމަންކަލާނގެ ނަބިއްޔާ ފޮނުއްވާނަމޭ. ކަލޭގެފާނަށް ޓަކައި މަގު އެ ނަބިއްޔާ ތައްޔާރު ކުރައްވާނޭ.⁠‘


ބުނެދީބަލަ: ތައުބާގެ ހިނެއުމުން ހިނައި ދެއްވުމަށް ޔަޙުޔާގެފާނަށް ހުއްދަ ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެ ހަޟުރަތުންތަ؟ ނޫނީ އިންސާނެއްގެ ކިބައިންތަ؟⁠“ ދެން އެބައިމީހުން މަޝްވަރާކޮށް އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”⁠އެއީ މާތްރަސްކަލާނގެ ޙަޟްރަތުން ކަމުގައި އަހަރެމެން ބުނެފިނަމަ، އަހަރެމެން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެން ހޭ އޭނާ އަހަރެމެންނަށް ބުނާނެ.


ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”⁠ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ.


އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.


އަހަރެންނަށް ވެސް އެކަލޭގެފާނު ކުރިއަކު ނޭނގޭ. ނަމަވެސް އަހަރެން މީސްތަކުން ފެނުން ތައުބާގެ ހިނެވުން ހިނަވަން ފޮނުއްވި ހިނދު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި. ’⁠މާތްރޫޙުފުޅު މީހެއްގެ ކައިރިއަށް ވަޑައިގެން އެމީހެއްގެ މަތީގައި ވާތަން ކަލެއަށް ފެންނަ ހިނދު އެމީހަކީ ތިމަންކަލާނގެ ފޮނުއްވި ޚާއްސަ ބޭކަލަކު ކަމާއި އަދި އެބޭކަލަކީ މީސްތަކުން މާތްރޫޙުފުޅުން ހިނެވޭ، ތައުބާގެ ހިނެވުމުން، ހިނަވާނެ ކަލޭގެފާނު ކަން ދެނެގަންނާތި.⁠‘


އަހަރެންނަކީ އަލްމަސީޙު ނޫންކަން ކަލޭމެން އެންމެންނަށް ވަރަށް ސާފުކޮށް އަހަރެން ބުނެދިނީމެންނު؟ އަހަރެން މިއައީ ހަމައެކަނި އެކަލޭގެފާނަށްޓަކައި މީސްތަކުންގެ ހިތްތައް ތައްޔާރުކުރުމަށް.


އީސާގެފާނު ބަނީއިސްރާއީލު މީސްތަކުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު އަންގަވާ ދެއްވަން ފެށުމުގެ ކުރިން ޔަޙުޔާގެފާނު ވަޑައިގެން ބަނީއިސްރާއީލު މީސްތަކުންނަށް ފާފަކުރުމުން ދުރުވެ، މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި، ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ