ޔޫޙަންނާ 1:51 - ކިތާބުލް މުޤައްދަސާ51 ހަމަކަށަވަރުން އުޑު ހުޅުވި މާތްރަސްކަލާނގެ މަލާއިކަތުން އިންސާނާގެ ދަރިކަލުންގެ ގާތަށް އައިސް ގޮސް ވާތަން ކަލޭމެން ދެކޭނެ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.
އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.
އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.“