Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:47 - ކިތާބުލް މުޤައްދަސާ

47 އީސާގެފާނަށް ނަތާނިއެލް އެކަލޭގެފާނުގެ ގާތަށް އަންނަތަން ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”⁠އެއަންނަނީ ތެދުވެރިއެއް. އަދި އޭނާއަކީ ފުރިހަމަ ބަނީއިސްރާއީލުގެ ދަރިއެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:47
13 ပူးပေါင်းရင်းမြစ်များ  

އިންސާނުންގެ ގޮތްތައް އެއްވެސް މީހަކު އެކަލޭގެފާނަށް ބުނެދޭކަށް ނުޖެހޭނެ އެވެ. އެހެނީ އިންސާނުންގެ ހުރިހާ ސިފަތަކެއް އެކަލޭގެފާނަށް ފުރިހަމަޔަށް އެނގިވަޑައިގެންވިއެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ގޮސް ކަލޭގެ ފިރިމީހާ ގޮވައިގެން އާދޭ.⁠“


ދެން އީސާގެފާނު އެކަލޭގެފާނު ގަބޫލުކޮށް އީމާންވި ބަނީއިސްރާއީލު މީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެންގެ ބަސްތައް އަހާ އެގޮތުގައި ދެމިތިބެއްޖެ ނަމަ ކަލޭމެންނަކީ ހަމަ ޔަޤީނުން ވެސް އަހަރެންގެ އަސްޙާބީން ކަމުގައި ވާނެ.


އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ ބައްޕައަކީ އިބްރާހީމްގެފާނު.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންތީ އިބްރާހީމްގެފާނުގެ އަސްލު ދަރިންނަމަ ކަލޭމެން ވެސް އިބްރާހީމްގެފާނު ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރީސް.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


އެންމެހައި ނުބައި ނިޔަތްތަކާއި، ދޮގު ހެދުމާއި، މުނާފިޤުވުމާއި، އަދި ޙަސަދަވެރިވުމުންނާއި ނެތިމޮށުންތަކުން އެއްކިބާވެ ތިބޭށެވެ!


އެކަލޭގެފާނީ ފާފައިން ހުސްދުރުވެ ވަޑައިގެން ހުންނެވި ފަރާތެކެވެ. އަދި އެއްވެސް ފަރާތަކަށް އިތުރުފުޅެއް ނަހައްދަވައެވެ.


އެބައިމީހުން ދޮގެއް ނުހަދައެވެ. އެބައިމީހުންނީ ކުށެއްނެތް ބައެއް ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ