46 ނަތާނިއެލް ބުންޏެވެ. ”ނާޒަރަތޭ. ނާޒަރަތުގައި އެއްވެސް ރަނގަޅުކަމެއް ވެދާނެހެން ކަލެއަށް ހީވޭތަ؟“ ފިލިޕު ބުންޏެވެ. ”އަޅެ އަހަންނާއި އެކު އައިސް ކަލޭ ވެސް ބަލާބަލަ.“
ފިލިޕު އާއި ބަރުތުލޫމު އާއި ތޯމާސް އާއި ޓެކްސް ނަގާ މައްތާ އާއި ހަލްފާހުގެ ދަރި ޔާމިޒު އާއި ތައްދާވުސް އާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އަދި އިސްކަރިޔޮތުގެ ޔުދާސްއެވެ. އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނާއި ދެކޮޅުވެރިވެ އެކަލޭގެފާނަށް ޚިޔާނާތްތެރިވިއެވެ.
އެމީހުން ގޮސް ތިބީ ނާޒަރަތު ކިޔާ ސަހަރުގައެވެ. އެހެންކަމުން ނަބީބޭކަލުންނަށް މާތްރަސްކަލާނގެ އެންގެވި މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. ”އެކަލޭގެފާނަށް ނިސްބަތް ކުރެވޭނީ ނާޒަރަތުގެ މީހާ މިނަމުން.“
ކަލޭމެން އަމިއްލައަށް ރަނގަޅާއި ނުބައަކީ ކޮބައިތޯ އިންސާފު ކުރަންވީނު؟
ފިލިޕު އަކީ ބެތުސައިދާގެ މީހެކެވެ. އަންދުރާއި އާއި ޕަތަރަސް ވެސް އެއީ އެރަށު ބަޔެކެވެ.
ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.“
އެމީހުން އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ގަލީލީގެ ބެތުސައިދާގެ މީހެއް ކަމުގައިވާ ފިލިޕުގެ ގާތަށް ގޮސް ބުންޏެވެ. ”އަޅުގަނޑުމެން އީސާގެފާނާއި ބައްދަލުކުރަން ބޭނުން.“
އަސްޙާބީންގެ ތެރެއިން ފިލިޕު ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެންނަށް ބައްޕާފުޅު ދައްކަވާ. އޭރުން އަޅުގަނޑުމެން ވެސް ހިތްހަމަ ޖެހޭނެ.“
”އަހަރެން ކުރިއްޔާ ކުރި ހުރިހާކަމެއް އެނގޭ މީހަކާ ދިމާވެއްޖެ. އެމީހާ ދެކެން ނިކަން ހިނގާބަލަ. އަނެއްކާ އެމީހާ އެއީ އަލްމަސީޙަށް ވެސް ވެދާނެ ކަން ނޭނގެއެންނު.“
އެކަލޭގެފާނު އިންނެވި ތަނަށް މީސްތަކުންގެ ބޮޑު ބައިގަނޑެއް އަންނަތަން ފެނުމުން އީސާގެފާނު ފިލިޕުއަށް ވިދާޅުވިއެވެ. ”މިއެންމެންނަށް ކާންދޭ ވަރަށް ކާތަކެތި ގަންނަށް ލިބޭނީ ކޮންތާނކުން؟“
ފިލިޕު ދެންނެވިއެވެ. ”މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.“
އެމީހުން ބުންޏެވެ. ”ކަލެއަކީ ވެސް ގަލީލީގެ މީހެއް ނޫންތަ؟ ކަލޭ ފަތްފުށްތައް ހާވައި ނިކަން ބަލާބަލަ. ދުވަހަކު ވެސް އެއްވެސް ނަބީ ބޭކަލަކު ގަލީލީއަކުން އައިސްފައެއް ނުވާނެ.“
ނަމަވެސް ކޮންމެ ކަމަކާއިމެދު ފަރުވާތެރިވެ އިމްތިޙާނު ކުރާށެވެ. ހެޔޮކަންކަމުގައި ގަދައަޅައި ހިފަހައްޓާށެވެ.