ޔޫޙަންނާ 1:45 - ކިތާބުލް މުޤައްދަސާ45 ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.“ အခန်းကိုကြည့်ပါ။ |
މަރިޔަމްގެފާނާއި ޔޫސުފަށް އެކަލޭގެފާނު މިތާނގައި އިންނެވިތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. މަރިޔަމްގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ”ދަރިފުޅާ. މަންމަމެން ދަރިފުޅާއި މެދު ވަރަށް ކަންބޮޑުވި. މަންމަމެން ދަރިފުޅު ހޯދުމަށްޓަކައި ނުހޯދާ ތަނެއް ނެތް. ތިޔަފަދަ ކަމެއް މަންމަމެންނަށް ތިޔަކުރީ ކީއްވެ؟“
އީސާގެފާނު މާތްރަސްކަލާނގެ އާއި މެދު މީސްތަކުންނަށް އަންގަވާ ދެއްވާ އުގަންނާ ދެއްވަން ފެއްޓެވި އިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ތިރީސް އަހަރުފުޅެވެ. މީސްތަކުން ހީކުރި ގޮތުގައި އީސާގެފާނަކީ ޔޫސުފުގެ ދަރިއެކެވެ. މި ޔޫސުފުގެ ދަރިކޮޅު ފެށުނު ގޮތަކީ މިއެވެ: މާތްރަސްކަލާނގެ އާދަމްގެފާނު އެކަލާނގެ ސިފަފުޅުގައި ހެއްދެވިއެވެ. އެއަށް ފަހު އާދަމްގެފާނުގެ ފުތް ޝޭތު، ޝޭތުގެ ފުތް އެނޯޝް، އެނޯޝްގެ ފުތް ކެނާން، ކެނާންގެ ފުތް މަހަލަލޭލް، މަހަލަލޭލްގެ ފުތް ޔެރޭދު، ޔެރޭދުގެ ފުތް އިދުރީސްގެފާނު، އިދުރީސްގެފާނުގެ ފުތް މެތޫޝާލަޙު، މެތޫޝާލަޙުގެ ފުތް ލަމެޚް، ލަމެޚުގެ ފުތް ނޫޙުގެފާނު، ނޫޙުގެފާނުގެ ފުތް ޝާމު، ޝާމުގެ ފުތް އަރުޕަކްޝާދު، އަރުޕަކްޝާދުގެ ފުތް ކައިނާމު، ކައިނާމުގެ ފުތް ޝާލަޙު، ޝާލަޙުގެ ފުތް ޣަބީރު، ޣަބީރުގެ ފުތް ޕެލޭގު، ޕެލޭގުގެ ފުތް ރަޢޫ، ރަޢޫގެ ފުތް ސަރޫގު، ސަރޫގުގެ ފުތް ނަހޫރު، ނަހޫރުގެ ފުތް ތަރާޙު، ތަރާޙުގެ ފުތް އިބްރާހީމްގެފާނު، އިބްރާހީމްގެފާނުގެ ފުތް އިސްޙާޤުގެފާނު، އިސްޙާޤުގެފާނުގެ ފުތް ޔަޢުޤޫބުގެފާނު، ޔަޢުޤޫބުގެފާނުގެ ފުތް ޔަހޫޛާ، ޔަހޫޛާގެ ފުތް ފާރަޞް، ފާރަޞްގެ ފުތް ހެޒުރޯން، ހެޒުރޯންގެ ފުތް އަރުނީ، އަރުނީގެ ފުތް އަދުމީން، އަދުމީނުގެ ފުތް ޢައްމީނާދާބު، ޢައްމީނާދާބުގެ ފުތް ނަޙްޝޫނު، ނަޙްޝޫނުގެ ފުތް ސަލްމާން، ސަލްމާނުގެ ފުތް ބޫޢަޒު، ބޫޢަޒުގެ ފުތް ޢޫބީދު، ޢޫބީދުގެ ފުތް ޔައްސާ، ޔައްސާގެ ފުތް ދާއޫދުގެފާނު، ދާއޫދުގެފާނުގެ ފުތް ނަތާނު، ނަތާނުގެ ފުތް މައްތާތަ، މައްތާތަގެ ފުތް މިންނާހު، މިންނާހުގެ ފުތް މެލިޔާހު، މެލިޔާހުގެ ފުތް އެލިޔަކީމް، އެލިޔަކީމުގެ ފުތް ޖޯނަމް، ޖޯނަމުގެ ފުތް ޔޫސުފު، ޔޫސުފުގެ ފުތް ޔަހޫޛާ، ޔަހޫޛާގެ ފުތް ސިމިޔާނު، ސިމިޔާނުގެ ފުތް ލާވީ، ލާވީގެ ފުތް މައްތާތު، މައްތާތުގެ ފުތް ޖޮރީމް، ޖޮރީމުގެ ފުތް އެލިޔާސިރު، އެލިޔާސިރުގެ ފުތް ޖަހޫޝް، ޖަހޫޝުގެ ފުތް އަޔީރް، އަޔީރުގެ ފުތް އެލްމޮދާމު، އެލްމޮދާމުގެ ފުތް ކުޝާމު، ކުޝާމުގެ ފުތް އައްދީ، އައްދީގެ ފުތް މާލިކު، މާލިކުގެ ފުތް ނެރީހު، ނެރީހުގެ ފުތް ޝައަލްތިއީލް، ޝައަލްތިއީލުގެ ފުތް ޒަރުބާބިލު، ޒަރުބާބިލުގެ ފުތް ރިޒާ، ރިޒާގެ ފުތް ޔުހަންނާން، ޔުހަންނާނުގެ ފުތް ޔޮދާހު، ޔޮދާހުގެ ފުތް ޔޮސޭހު، ޔޮސޭހުގެ ފުތް ޝިމާނު، ޝިމާނުގެ ފުތް މައްތަތިޔާހު، މައްތަތިޔާހުގެ ފުތް މާތުހު، މާތުހުގެ ފުތް ނައްގާހު، ނައްގާހުގެ ފުތް އަސުލިޔާހު، އަސުލިޔާހުގެ ފުތް ނަހޫމު، ނަހޫމުގެ ފުތް އާމޮސް، އާމޮސުގެ ފުތް މައްތަތިޔާހު، މައްތަތިޔާހުގެ ފުތް ޔޫސުފު، ޔޫސުފުގެ ފުތް ޖަންނައި، ޖަންނައިގެ ފުތް މާލިކު، މާލިކުގެ ފުތް ލާވީ، ލާވީގެ ފުތް މައްތާތު، މައްތާތުގެ ފުތް ހެލާއި، ހެލާއިގެ ފުތް ޔޫސުފުއެވެ. އަދި މީހުން ހީކުރި ގޮތުގައި މި ޔޫސުފަކީ އީސާގެފާނުގެ ބައްޕާފުޅެވެ.
އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.