ޔޫޙަންނާ 1:4 - ކިތާބުލް މުޤައްދަސާ4 ހުރިހާ އެއްޗަކަށް ދިރުން ލިބުނީ ބަސްފުޅުގެ ސަބަބުންނެވެ. އަދި އެންމެންނަށް އަލިކަން ލިބުނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ސަބަބުންނެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ވިދާޅުވިއެވެ. ”އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.
މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.“
އެއީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙަށް އަނިޔާ ލިބިވަޑައިގެން މަރުވާނެ ކަން. އަދި މަރުވުމަށް ފަހު ފުރަތަމަ ދުނިޔެއަށް ވަޑައިގަންނަވާނެ ބޭކަލަކަށް އެކަލޭގެފާނު ވާނެކަން. އަދި މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރިވަޑައިގެން ދިންނެވުމުގެ އަލިކަން ބަނީއިސްރާއީލު މީހުންނަށާ އަދި ދުނިޔޭގެ އެންމެންނަށް ހާމަކުރައްވާނެ ކަން ވެސްމެ.“
އަހަރެމެން ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން މިގެންދަނީ މީސްތަކުންނަށް ދިރުން ލިބިދޭ ބަސްފުޅެވެ. އެހެނީ ފެށުމުގައި ވެސް އެކަލޭގެފާނު ވޮޑިގެންވިއެވެ. އަހަރެމެންނަށް އެކަލޭގެފާނު ބަސްވިދާޅުވި އަޑު އިވުނެވެ. އަހަރެމެންގެ ލޯތަކަށް އެކަލޭގެފާނު ފެނިފައިވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ތަފާތު ކަންތައްތައް އަހަރެމެންގެ ހަމަ ލޮލުން ދުށީމެވެ. ހަމައެހެންމެ އަހަރެމެންގެ އަތްތަކުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލީމެވެ.
ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ.