Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:37 - ކިތާބުލް މުޤައްދަސާ

37 ޔަޙުޔާގެފާނުގެ އެ ދެ އަސްޙާބީންނަށް އެކަލޭގެފާނު މިހެން ވިދާޅުވި އަޑުއިވުމުން އެމީހުން އީސާގެފާނާއި އެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:37
9 ပူးပေါင်းရင်းမြစ်များ  

ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.


އެދުވަހު އީސާގެފާނު އެތާނ ކައިރިން ވަޑައިގަންނަވާތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”⁠ބައްލަވަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވައި ފޮނުއްވި ކަންބަޅި.⁠“


އީސާގެފާނު ފަހަތްޕުޅަށް ބެއްލެވި ހިނދު އެމީހުން އަންނަތަން ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކޯންޗެއް؟⁠“ އެމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނު ހުންނަވަނީ ކޮންތާނކު؟⁠“


އަނެއްދުވަހު އީސާގެފާނު ގަލީލީ ސަރަހައްދަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ވަޑައިގެންނެވިއެވެ. އެތާނގައި އީސާގެފާނު ފިލިޕުއާއި ބައްދަލު ކުރެއްވިއެވެ. އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކު އާދޭ.⁠“


ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.


މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”⁠އާދޭ!⁠“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”⁠އާދޭ!⁠“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ