Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:36 - ކިތާބުލް މުޤައްދަސާ

36 އެދުވަހު އީސާގެފާނު އެތާނ ކައިރިން ވަޑައިގަންނަވާތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”⁠ބައްލަވަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވައި ފޮނުއްވި ކަންބަޅި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:36
7 ပူးပေါင်းရင်းမြစ်များ  

ދެން އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ބައްޕާފުޅާ، އަޅުގަނޑުމެންގެ އަތުގައި ދަރާއި އަނގުރު އަލިފާން އެބަހުރި. ނަމަވެސް ޤުރުބާނުގެ ގޮތުގައި އަންދާލެވޭ ކަންބަޅި ކޮބައިތޯ؟⁠“ އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”⁠މަގޭ ދަރިފުޅާ، ޤުރުބާން ކުރައްވާނޭ ކަންބަޅިއެއް މާތްކަލާނގެ މެދުވެރި ކުރައްވާނެ.⁠“ އެއަށް ފަހު އެދެބަފައިކަލުން އެކުގައި ހިންގަވާ ވަޑައިގެންނެވިއެވެ.


ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


ޔަޙުޔާގެފާނުގެ އެ ދެ އަސްޙާބީންނަށް އެކަލޭގެފާނު މިހެން ވިދާޅުވި އަޑުއިވުމުން އެމީހުން އީސާގެފާނާއި އެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ