ޔޫޙަންނާ 1:34 - ކިތާބުލް މުޤައްދަސާ34 އީސާގެފާނާއި މެދު މިފަދައިން ކަންތަން ހިނގާ ދިޔަތަން އަހަރެން ދުށިން. އެހެން ކަމުން އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަގޮތެއްގައި ހޮއްވެވި ބޭކަލެއް ކަމަށް އަހަރެން ހެކިވަން.“ အခန်းကိုကြည့်ပါ။ |
އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މިތަނުން ފުންމާލައްވާ. އެއީ މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނާ މެދު އަންގަވާނެޔޭ‘ އަދި ’އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެބޭކަލުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ.‘“
އަދި މާތްރޫޙުފުޅު ހުދު ކޮތަރެއް ފަދައިން އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިއެވެ. ދެން އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނަށް މިފަދައިން ވަޙީކުރެއްވި އަޑުފުޅު އިވިގެންދިޔައެވެ. ”ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑީގެންވާ މަތިވެރި ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުއްސެވުން ލިބިވޮޑިގެން ވޭ.“
އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.
އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ.