Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:31 - ކިތާބުލް މުޤައްދަސާ

31 އަހަރެންނަށް ވެސް ކުރިއަކު އެކަލޭގެފާނެއް ނޭނގުނު. ނަމަވެސް އަހަރެން މީސްތަކުން ހިނަވަމުން މި ދިޔައީ އެކަލޭގެފާނަކީ ކޮބައިކަން ބަނީއިސްރާއީލުގެ އެންމެހާ މީސްތަކުންނަށް ހާމަކޮށް ދިނުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:31
15 ပူးပေါင်းရင်းမြစ်များ  

އެދުވަސްތަކުގައި އީސާގެފާނު ގަލީލީގެ ސަރަހައްދުން ޔަޙުޔާގެފާނުގެ އަރިހަށް އުރުދުން ކޯރަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ތައުބާގެ ހިނެވުމުން ހިނަވައިދެއްވުމަށް ޔަޙުޔާގެފާނުގެ އަރިހުން އެދިވަޑައިގަތެވެ.


އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.⁠“


އަހަރެންނަށް ފަހު އެހެން ބޭކަލަކު ވަޑައިގަންނަވާނެޔޭ، އެބޭކަލަކީ އަހަރެންނަށް ވުރެ މާ މަތިވެރި ބޭކަލެކޭ، އަދި އެކަލޭގެފާނު އަހަރެން ދުނިޔެއަށް އައުމުގެ މާކުރިން ވެސް ވެއޭ ބުނެ އަހަރެން ކަލޭމެންނަށް އެންގި ކަލޭގެފާނަކީ މިއީ.


ދެން ޔަޙުޔާގެފާނު މިފަދައިން ވިދާޅުވެ އެންގެވިއެވެ. ”⁠މާތްރަސްކަލާނގެ މާތްރޫޙުފުޅު އުޑުން ކޮތަރެއް ފަދައިން ވަޑައިގެން އެކަލޭގެފާނުގެ ހަށިކޮޅު މަތީގައި ވަނިކޮށް އަހަރެން ދުށިން.


އަހަރެންނަށް ވެސް އެކަލޭގެފާނު ކުރިއަކު ނޭނގޭ. ނަމަވެސް އަހަރެން މީސްތަކުން ފެނުން ތައުބާގެ ހިނެވުން ހިނަވަން ފޮނުއްވި ހިނދު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި. ’⁠މާތްރޫޙުފުޅު މީހެއްގެ ކައިރިއަށް ވަޑައިގެން އެމީހެއްގެ މަތީގައި ވާތަން ކަލެއަށް ފެންނަ ހިނދު އެމީހަކީ ތިމަންކަލާނގެ ފޮނުއްވި ޚާއްސަ ބޭކަލަކު ކަމާއި އަދި އެބޭކަލަކީ މީސްތަކުން މާތްރޫޙުފުޅުން ހިނެވޭ، ތައުބާގެ ހިނެވުމުން، ހިނަވާނެ ކަލޭގެފާނު ކަން ދެނެގަންނާތި.⁠‘


މާތްރަސްކަލާނގެ ޔަޙުޔާގެފާނު ފޮނުއްވީ މި އަލިކަމާއި ބެހޭގޮތުން މީސްތަކުންނަށް އަންގައިދީ ހެކިވުމަށެވެ. އަދި އެންމެންނަށް މި އަލިކަމާމެދު އޮޅުންފިލުވާދީ އެކަން ގަބޫލުކުރުމަށް އެހީވުމަށްޓަކައެވެ.


ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ މީސްތަކުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަމުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން. ނަމަވެސް ޔަޙުޔާގެފާނު މީސްތަކުންނަށް އަންގަވަމުން ދިޔައީ އެކަލޭގެފާނަށް ފަހު އަންނަ ކަލޭގެފާނަށް އީމާންވުމަށް. އެކަލޭގެފާނަކީ އީސާގެފާނު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ