Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:30 - ކިތާބުލް މުޤައްދަސާ

30 އަހަރެންނަށް ފަހު އެހެން ބޭކަލަކު ވަޑައިގަންނަވާނެޔޭ، އެބޭކަލަކީ އަހަރެންނަށް ވުރެ މާ މަތިވެރި ބޭކަލެކޭ، އަދި އެކަލޭގެފާނު އަހަރެން ދުނިޔެއަށް އައުމުގެ މާކުރިން ވެސް ވެއޭ ބުނެ އަހަރެން ކަލޭމެންނަށް އެންގި ކަލޭގެފާނަކީ މިއީ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:30
6 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”⁠އަހަރެން މީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ.


އެއްވެފައި ތިބި މީހުންނަށް ގޮވައި ޔަޙުޔާގެފާނު މިކަން އިޢުލާން ކުރެއްވި އެވެ. ”⁠އަހަރެން ބުނަމުން އައީ މިކަލޭގެފާނެއްގެ ވާހަކައެވެ. އަހަރެން ބުނިން، ’⁠އަހަރެންގެ ފަހަތުން އަހަންނަށް ވުރެން މާ މަތިވެރި ބޭކަލަކު އެބަ ވަޑައިގަންނަވައޭ، އެބޭކަލަކީ އަހަންނަށް ވުރެ މާ ކުރީގައި ވެސް އުޅުއްވި ބޭކަލެކޭ.⁠‘⁠“


އަހަރެންނަށް ވެސް ކުރިއަކު އެކަލޭގެފާނެއް ނޭނގުނު. ނަމަވެސް އަހަރެން މީސްތަކުން ހިނަވަމުން މި ދިޔައީ އެކަލޭގެފާނަކީ ކޮބައިކަން ބަނީއިސްރާއީލުގެ އެންމެހާ މީސްތަކުންނަށް ހާމަކޮށް ދިނުމަށް.⁠“


އެތައް ބަޔަކު އެކަލޭގެފާނާއިއެކު ވަޑައިގެންނެވިއެވެ. އެމީހުން ބުންޏެވެ. ”⁠ޔަޙުޔާގެފާނު އެއްވެސް މުޢުޖިޒާތެއް ނުދައްކަވާ. ނަމަވެސް އެކަލޭގެފާނު އީސާގެފާނާއި ބެހޭގޮތުން ވިދާޅުވި ހުރިހާ ކަމެއް ތެދަކަށް ވެއްޖެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ