3 މާތްރަސްކަލާނގެ ކާއިނާތުގައި ލެއްވި އެންމެހާ ތަކެއްޗެއްމެ އުފެއްދެވީ އެކަލޭގެފާނު، ނުވަތަ ބަސްފުޅު މެދުވެރިކުރައްވައެވެ. އެއްވެސް އެއްޗެއް އެކަލޭގެފާނާއި ނުލާ މާތްރަސްކަލާނގެ ނުހައްދަވައެވެ.
މާތްކަލާނގެ އެންމެ ފުރަތަމަ އުފެއްދެވީ އުޑުތަކާއި މި ދުނިޔެއެވެ.
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”މިހާރު އަހަރެމެންގެ ސޫރައިގައި އަހަރެމެންނާ އެއް ސިފައިގައި އިންސާނާ އުފައްދާނަން! އަދި އެއިންސާނުންނަށް ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިސޫފާސޫފިތަކާއި ބިމުގައިވާ ޖަނަވާރުތަކާއި އަދި އެހެން ވެސް މި ދުނިޔޭގައިވާ ނަމަ ވާހައި އެއްޗެއްގެ ވެރިކަން ދޭނަން.“
އެހުރިހާ ކަމެއް އެކަލާނގެ ކުރެއްވި އިރު އަހަރެން ހުރީ އާރުކާޓީއެއްގެ ގޮތުގައެވެ. އަހަރެން އެކަލާނގެއަށް އުފާލިއްބައިދޭން ހުރީމެވެ.
ދިރުން ލިބޭ ބަސްފުޅު ދުނިޔެއަށް އައެވެ. އަދި މާތްރަސްކަލާނގެ ދުނިޔޭގައި ވާހައި އެއްޗެއް ހެއްދެވީ އެ ބަސްފުޅުން ކަމުގައި ވިޔަސް ދުނިޔެއަކަށް އެ ބަސްފުޅެއް ނޭނގެއެވެ.
ފުރަތަމަ ފެށުމުގައި ވެސް ބަސްފުޅު މާތްރަސްކަލާނގެއާއި އެކު ވޮޑިގެންވިއެވެ.
އަދި މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވީ ރޭއްވެވުން ފުރިހަމަ ވެފައި ވަނީ ކޮންގޮތަކަށްތޯ މީސްތަކުންނަށް ދައްކައި ދިނުމަށެވެ. މާތްރަސްކަލާނގެއީ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ފަރާތެވެ. މާޒީވެ ދިޔަ ޒަމާންތަކުގައި އެކަލާނގެ ވަންހަނާ ކުރެއްވި ސިއްރު ވަނީ ހިފަހައްޓަވާފައެވެ.
މާތްރަސްކަލާނގެ މި ކާއިނާތު ހެއްދެވީ އެކަލާނގެ އެންގެވި އެންގެވުމަކުން ކަން އެނގެނީ ވެސް އީމާންތެރިކަމުންނެވެ. އަހަރެމެންނަށް ފެންނަ ތަކެތި އުފައްދަވާފައި ވަނީ ނުފެންނަ ތަކެތީންކަން އަހަރެމެންނަށް އެނގެނީ ވެސް މި އީމާންތެރިކަމުގެ ސަބަބުންނެވެ.
އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.
”ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.
”އަޅަމެންގެ ސާހިބުވަންތަ ރަސްކަލާކޮ! ޖަލާލަތާއި ގަދަރާއި ބާރު ލިބިގަތުމަށް އިނބަރަސްކަލާނގެ ކިބަފުޅަށް އެކަށީގެންވޭ. އެހެނީ ހުރިހާ ތަކެއްޗެއް ޚަލްޤު ކުރެއްވީ އިނބަރަސްކަލާނގެމެ. އަދި އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ފަދައިން އެތަކެއްޗަށް ދިރިހުރުމާއި އަދި ޙަޔާތު ދެއްވިން.“