ޔޫޙަންނާ 1:28 - ކިތާބުލް މުޤައްދަސާ28 މި ކަންތައްތައް މިފަދައިން ހިނގީ އުރުދުން ކޯރުގެ އިރުމަތީގައިވާ ބެތާނިޔާ އޭ ކިޔުނު ރަށެއްގައެވެ. އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުން ހިނަވަމުން ގެންދިޔަ ތަނެވެ. အခန်းကိုကြည့်ပါ။ |
ދެން ޔަޙުޔާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. އުރުދުން ކޯރުގެ އަނެއްފަރާތުގައި ކަލޭގެފާނާއި ބައްދަލުވި، އަދި އެމީހަކާއި މެދު ކަލޭގެފާނު ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަލޭގެފާނު ވެސް މީސްތަކުން ހިނަވަމުން އެބަގެންދަވާ. އަދި މީސްތަކުން އަޅުގަނޑުމެންގެ ގާތަށް އައުމުގެ ބަދަލުގައި އެދަނީ އެކަލޭގެފާނުގެ އަރިހަށް.“