ޔޫޙަންނާ 1:23 - ކިތާބުލް މުޤައްދަސާ23 ދެން ޔަޙުޔާގެފާނު ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ބަސްފުޅުތައް ބޭނުންކުރައްވައި މިފަދައިން ބުނެ އެމީހުންނަށް ޖަވާބުދެއްވިއެވެ. ”އަހަރެން މިއީ ހަނަފަސް ސަހަރާގެ ތެރޭގައި، މާތްރަސްކަލާނގެއަށްޓަކައި، ސީދާ މަގެއް ތައްޔާރުކުރުމަށް ގޮވަމުން ދާ މީހާއޭ.“ အခန်းကိုကြည့်ပါ။ |
މިމީހުންގެ ތެރޭގައި ބައެއް ފަރީސީ މަޒުހަބުގެ މީހުން ވެސް ޔަޙުޔާގެފާނުގެ އަރިހަށް ފޮނުއްވުނެވެ. އެމީހުން ބުންޏެވެ. ”ކަލޭ ތިޔައީ އަލްމަސީޙު ކަމުގައި ނުވާ ހިނދު، އިލްޔާސްގެފާނު ކަމުގައި ނުވާ ހިނދު އަދި ފޮނުއްވޭނެ ޚާއްސަ ރަސޫލާ ކަމުގައި ނުވާހިނދު ކަލޭ މީސްތަކުން ތައުބާގެ ހިނެވުމުން ތިޔަ ހިނަވަނީ ކީއްވެ؟“