ޔޫޙަންނާ 1:21 - ކިތާބުލް މުޤައްދަސާ21 ދެން އެމީހުން ބުންޏެވެ. ”އެހެންވީއިރު ކަލޭގެފާނު ތީ ކޮންބޭކަލެއްތޯ؟ ތިޔައީ ނަބީ އިލްޔާސްގެފާނު ތޯ؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ނޫން އަހަރެން މިއީ އިލްޔާސްގެފާނެއް ވެސް ނޫން.“ ”ވީއިރު ތިޔައީ ފޮނުއްވޭނެ ޚާއްސަ ރަސޫލާތޯ؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ނޫން އެހެންނެއް ވެސް ނޫން.“ အခန်းကိုကြည့်ပါ။ |
އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.“