ޔޫޙަންނާ 1:20 - ކިތާބުލް މުޤައްދަސާ20 އެމީހުން ކުރި ހުރިހާ ސުވާލަކަށް ޔަޙުޔާގެފާނު ހެކިވެ ވަރަށް ހާމަކަމާއިއެކު ސާފު ޖަވާބުދެއްވައި ވިދާޅުވިއެވެ. ”އަހަރެން މިއަކީ އަލްމަސީޙުއެއް ނޫން.“ အခန်းကိုကြည့်ပါ။ |
ޔަޙުޔާގެފާނު މިގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ނިމުމާއި ކައިރިވެފައި ވަނިކޮށް އެކަލޭގެފާނު މީސްތަކުންނާއި މި ސުވާލު ކުރެއްވި. ’ކަލޭމެން ހީކުރާ ގޮތުގައި ތިމަންކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ކަނޑައަޅުއްވާ ފޮނުއްވުމަށް ހަމަޖެހިފައިވީ ފަރާތް ކަމުގައި ވާ އަލްމަސީޙު ހޭ؟ ނޫނެކޭ. ތިމަންކަލޭގެފާނަކީ އަލްމަސީޙުއެއްނޫނޭ. އެކަލޭގެފާނު އެބަ ވަޑައިގަންނަވާއޭ. ތިމަންކަލޭގެފާނީ އެކަލޭގެފާނުގެ ފައިންޕުޅުގެ ދަށުގައިވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫނޭ.‘