2 ފުރަތަމަ ފެށުމުގައި ވެސް ބަސްފުޅު މާތްރަސްކަލާނގެއާއި އެކު ވޮޑިގެންވިއެވެ.
މާތްކަލާނގެ އެންމެ ފުރަތަމަ އުފެއްދެވީ އުޑުތަކާއި މި ދުނިޔެއެވެ.
އެހުރިހާ ކަމެއް އެކަލާނގެ ކުރެއްވި އިރު އަހަރެން ހުރީ އާރުކާޓީއެއްގެ ގޮތުގައެވެ. އަހަރެން އެކަލާނގެއަށް އުފާލިއްބައިދޭން ހުރީމެވެ.
ކާއިނާތު ވުޖޫދަށް އައުމުގެ ކުރިން ވެސް ބަސްފުޅު ވޮޑިގެންވިއެވެ. ބަސްފުޅު ވޮޑިގެންވީ މާތްރަސްކަލާނގެ އާއި އެކުގައެވެ. އަދި ބަސްފުޅު އެއީ މާތްރަސްކަލާނގެއެވެ.
މާތްރަސްކަލާނގެ ކާއިނާތުގައި ލެއްވި އެންމެހާ ތަކެއްޗެއްމެ އުފެއްދެވީ އެކަލޭގެފާނު، ނުވަތަ ބަސްފުޅު މެދުވެރިކުރައްވައެވެ. އެއްވެސް އެއްޗެއް އެކަލޭގެފާނާއި ނުލާ މާތްރަސްކަލާނގެ ނުހައްދަވައެވެ.