ޔޫޙަންނާ 1:19 - ކިތާބުލް މުޤައްދަސާ19 ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ. အခန်းကိုကြည့်ပါ။ |
މިބަސްފުޅުގެ ސަބަބުން ބަނީއިސްރާއީލު މީހުން އަދި ވަކިން ބޮޑަށް އީސާގެފާނު އަވަހާރަކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެއީ އީސާގެފާނު ސަބަތުގެ ދުވަހުގެ ގަވާއިދާއި ޚިލާފުވެ ވަޑައިގަތީތީ އެވެ. އަދި އެކަލޭގެފާނުގެ ބައްޕައަކީ މާތްރަސްކަލާނގެއޭ ވިދާޅުވީތީ އެވެ. އެގޮތުން އީސާގެފާނު އެކަލޭގެފާނާއި މާތްރަސްކަލާނގެ އާއި އެއްވަރު ކުރެއްވީތީ ވެސް މެއެވެ.
ޔަޙުޔާގެފާނު މިގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ނިމުމާއި ކައިރިވެފައި ވަނިކޮށް އެކަލޭގެފާނު މީސްތަކުންނާއި މި ސުވާލު ކުރެއްވި. ’ކަލޭމެން ހީކުރާ ގޮތުގައި ތިމަންކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ކަނޑައަޅުއްވާ ފޮނުއްވުމަށް ހަމަޖެހިފައިވީ ފަރާތް ކަމުގައި ވާ އަލްމަސީޙު ހޭ؟ ނޫނެކޭ. ތިމަންކަލޭގެފާނަކީ އަލްމަސީޙުއެއްނޫނޭ. އެކަލޭގެފާނު އެބަ ވަޑައިގަންނަވާއޭ. ތިމަންކަލޭގެފާނީ އެކަލޭގެފާނުގެ ފައިންޕުޅުގެ ދަށުގައިވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫނޭ.‘
ޕައުލް އެމީހުންނަށް ބުންޏެވެ. ”ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ މީސްތަކުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަމުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން. ނަމަވެސް ޔަޙުޔާގެފާނު މީސްތަކުންނަށް އަންގަވަމުން ދިޔައީ އެކަލޭގެފާނަށް ފަހު އަންނަ ކަލޭގެފާނަށް އީމާންވުމަށް. އެކަލޭގެފާނަކީ އީސާގެފާނު.“