Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:18 - ކިތާބުލް މުޤައްދަސާ

18 އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:18
41 ပူးပေါင်းရင်းမြစ်များ  

އެހެންވެ އެބަސްފުޅު ވަޙީކުރެއްވި ކަލާނގެ ނަންފުޅުން ހާޖަރު ގޮވާލެއްވިއެވެ. ”⁠އިނބަރަސްކަލާގެއަކީ ބައްލަވާ ވޮޑިގެންވާ ކަލާނގެ.⁠“ ދެން އޭނާ ހިތާހިތާ ވިދާޅުވިއެވެ. ”⁠އަޅުގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ކަލާނގެ އަސްލުގައި ވެސް އަޅަށް ފެނިއްޖެ.⁠“


މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި ވާހަކަދައްކަވާ ނިމުމުން އެނބުރި ވަޑައިގެންފިއެވެ. އަދި އިބްރާހީމްގެފާނު ވެސް އެނބުރި އެކަލޭގެފާނުގެ ގެޔަށް ވަޑައިގަންނަވައިފިއެވެ.


އޭނާ އަންގާ ގޮތަކާ ތަބާވާތި. އޭނާއާ ދެކޮޅު ނަހަދާތި. އެހެނީ އޭނާއަކީ އަހަރެންގެ ނަންމަތީ ފޮނުވާ މަލާއިކަތެއް. ކަލޭމެންގެ ދެކޮޅުވެރިކަމަކަށް އެ މަލާއިކަތާ ކެތެއް ނުކުރާނެ.


އެ ހިނދު އެބޭކަލުންނަށް އިސްރާއީލުގެ ވެރި އިލާހު ފެނި ވަޑައިގަތެވެ. އެކަލާނގެ ފައިންޕުޅުގެ ދަށުގައި ހީވަނީ ނޫ ޖަވާހިރުތަކެއްގެ ތަޅުމެއް އެޅިފައި އޮތް ހެންނެވެ. އެތަން އުދަރެސްހާ ނޫ ވެފައި ސާފެވެ.


އެހުރިހާ ކަމެއް އެކަލާނގެ ކުރެއްވި އިރު އަހަރެން ހުރީ އާރުކާޓީއެއްގެ ގޮތުގައެވެ. އަހަރެން އެކަލާނގެއަށް އުފާލިއްބައިދޭން ހުރީމެވެ.


”⁠އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.


ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”⁠އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.⁠“


މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


ނަބީ ޔަޝަޔާޙުގެފާނު މި ބަސްފުޅުތައް ވިދާޅުވީ އީސާގެފާނާއި މުޚާތަބު ކުރައްވައެވެ. އޭރު އެކަލޭގެފާނަށް މާތްރަސްކަލާނގެ ވަނީ އަލްމަސީޙުގެ ޖަލާލަތުކަން ދައްކަވާފައެވެ.


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން އީސާގެފާނު ޚާއްސަކޮށް ލޯބިފުޅުވާ އަސްޙާބީ އެކަލޭގެފާނާއި ވަރަށް ކާރީގައި އިނެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’⁠ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ⁠‘ ކަލޭ ތިޔަ ބުނީ ކީއްވެ؟


އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު އެމީހުންނަށް އަންގައިދިނިން. އަދި އެކަންތައް އިތުރަށް ވެސް އަންގަމުން ގެންދާނަން. އެއީ ބައްޕާފުޅު އަޅުގަނޑު ދެކެ ވާ ލޯބި އެމީހުންގެ ކިބައިގައި ވެސް ވާނެ ގޮތް މެދުވެރި ވުމަށްޓަކައި. އެގޮތުން އެމީހުންގެ ކިބައިގައި އަޅުގަނޑު ވެސް ވުމަށްޓަކައި.⁠“


”⁠އިނބަރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުންގެ ތެރޭން އަޅުގަނޑަށް ދެއްވި މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު ހާމަ ކޮށް ދީފިން. އެމީހުންނަކީ އިނބަރަސްކަލާނގެ މިލްކުގައިވާ މީހުން. އިނބަރަސްކަލާނގެ އެމީސްތަކުން އަޅުގަނޑަށް ދެއްވައިފީމު. އެމީސްތަކުން އިނބަރަސްކަލާނގެ ބަސްފުޅަށް ކިޔަމަން ގެންފި.


ހަމަ ތެދެއް، އަހަރެމެން މި ދައްކަނީ އަހަރެމެން އަހާ ދެކެފައިވާ ކަންތައްތަކުގެ ވާހަކަ. އެހެންނަމަވެސް ކަލޭމެން އަހަރެމެންގެ ވާހަކަތައް ގަބޫލެއް ނުކުރޭ.


މާތްރަސްކަލާނގެ ޙަޟްރަތުން އައި ޚާއްސަ މީހާއަށް ފިޔަވާ އެހެން އެއްވެސް މީހަކަށް ބައްޕާފުޅު ފެނިފައެއް ނުވޭ. ބައްޕާފުޅު ފެނިފައި ވަނީ ހަމައެކަނި އެމީހާއަށް.


އަލްމަސީޙަކީ އަހަރެމެންނަށް ފެންނަން ހުރި ޣައިބުގައި ވޮޑިގެންވާ މަތިވެރިކަލާނގެ ޒާތުފުޅެވެ. އަދި އެންމެހާ ތަކެތި ޚަލްޤުކުރެއްވުމުގެ ކުރީގައި އެދަރިކަލުން ވޮޑިގެންވެއެވެ. އެކަލޭގެފާނަކީ އެކަލާނގެ އުފެއްދެވި ހުރިހާ ތަކެއްޗެއްގެ މަތިން އަރާހުރި އަދި އެހުރިހާ ތަކެއްޗަކަށް ބާރުހިނގާ ފަރާތެކެވެ.


އަހަރެންގެ ދުޢާއަކީ ޖަލާލަތާއި ޝަރަފު އަބަދަށްޓަކައި އަހަރެމެންގެ ހަމައެކަނި ކަލާނގެއަށް ލެއްވުމެވެ. އެކަލާނގެއީ އަބަދަށް ދެމިވޮޑިގެންވާ ޣައިބުވަންތަ ދާއިމަށް ރަސްކަމުގައި ވޮޑިގެންވާ ކަލާނގެއެވެ. އާމީން!


އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.


އެއްވެސް އިންސާނަކަށް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. ނަމަވެސް އަހަރެމެން އެކަކު އަނެކަކަށް ލޯބިވާނަމަ، މާތްރަސްކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައެވެ. އަދި އެކަލާނގެ ލޯބި އަހަރެމެންގެ ކިބައިގައި ފުރިހަމަވެފައި ވާނެއެވެ.


އަހަރެމެން މާތްރަސްކަލާނގެ އާއިމެދު ލޮބުވެތި ވަމޭ ބުނެ އަހަރެމެން މަސީޙީން އެކަކުއަނެކަކު ދެކެ ލޯބި ނުވާނަމަ އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އެހެނީ އަހަރެމެންނަށް ފެންނަން ތިބި އަޚުންނާ އުޚުތުން ދެކެ ލޯބި ނުވެވޭނަމަ އަހަރެމެންގެ ލޮލަށް ނުފެންނަ ކަލެއް ދެކެ ލޯބިވެވޭނެ ހެއްޔެވެ؟


އަހަރެމެންނާއި މެދު މާތްރަސްކަލާނގެ ލޯބިވެވޮޑިގަންނަވާކަން ދައްކުވައިދެއްވީ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އަދި އެކަލޭގެފާނު މެދުވެރި ކުރައްވައި އަހަރެމެންނަށް ދެއްވި ނިމުމެއްނުވާ ޙަޔާތުންނެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ