Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:13 - ކިތާބުލް މުޤައްދަސާ

13 އެމީހުން އަލުން އުފަންވިއެވެ. އެހެނަސް އެއަކީ ޖިސްމާނީގޮތުން ނުވަތަ އިންސާނީ މެދުވެރިވުމަކުން އުފަންވި ބައެއް ނޫނެވެ. އެ އުފަންވުން އައީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:13
25 ပူးပေါင်းရင်းမြစ်များ  

ރިފްޤާ އާލާސްވެ އިންނެވީ އެއްމާބަނޑުދެ ދަރިކަލުންނާގެންނެވެ. އެދަރިން ރައްކާވެވަޑައިގަތުމުގެ ކުރީގައި އެކަމަނާގެ ރަޙިމުގެ ތެރޭގައި ތޮޅެން ފެށުމުން އެކަމަނާގެ ހިތަށް މިފަދައިން އެރިއެވެ. ”⁠މިފަދަ ކަމެއް އަހަރެންނަށް މި ދިމާވަނީ ކީއްވެގެންބާ؟⁠“ އެހެންވެ، އެކަމަނާ މާތްރަސްކަލާނގެ ކިބަފުޅުން ޖަވާބަކަށް އެދިވަޑައިގެން ދުޢާ ދެންނެވިއެވެ.


ޢީސޫ ޝިކާރަ ކުރައްވައި ވަލު ޖަނަވާރުތަކުގެ މަސް އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު ފަރިއްކުޅުއްވުމަށް އަރުވައެވެ. އިސްޙާޤުގެފާނު ޢީސޫ ދެކެ ނުހަނު ލޯބިފުޅުވެއެވެ. ނަމަވެސް ޔަޢުޤޫބުގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅު، ރިފްޤާ އެންމެ ރުހޭ ދަރިކަލުންނެވެ.


އެ ހިނދު އިސްޙާޤުގެފާނު ތުރުތުރުއަޅާ ޙާލުކޮޅުގައި ވިދާޅުވިއެވެ. ”⁠އެހެން ކަމަށް ވާނަމަ ދަރިފުޅު އައުމުގެ ކުރިން ޝިކާރަ ކުރެވުނު ޖަނަވާރުގެ މަހުން ތައްޔާރުކޮށްފައިވާ ކެއުމެއް މިތަނަށް އެ ގެނައީ ކާކު؟ ދަރިފުޅު މިތަނަށް އައުމުގެ ކުރިން އަހަރެން އެ ކާނާ ކައިފިން. އަދި އެ މީހަކަށް ބަރަކާތް ލެއްވުމަށް އެދި ދުޢާކޮށްފީމު. ހަމަކަށަވަރުން އެމީހަކަށް ބަރަކާތް ލެވިގެންވާނެ.⁠“


އަދި އޭގެ މަހުން އަހަރެންނަށް މީރު ގޮތަށް ކެއުމެއް ކައްކައިގެން ދަރިފުޅު އަހަރެންނަށް ގެނެސްދީ. އަހަރެން މަރުވުމުގެ ކުރިން އެ ކެއުން ކެއުމަށް ފަހު ދަރިފުޅަށް ބަރަކާތް ލެއްވުމަށް ދަންނަވާނަން.⁠“


ކަލޭމެން ތިމަންމެންގެ ބަފައިކަލުންނަކީ އިބްރާހީމްގެފާނުއޭ ހަމައެކަނި ބުނެލުމަކުން ނުފުދޭނެ. އަހަރެން ކަލޭމެންނަށް ބުނަން. މާތްރަސްކަލާނގެ އެދިވޮޑިގެންވާނަމަ މިހިރަ ހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިފަސްކޮޅު އުފެއްދެވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެގެންވޭ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.⁠“


ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ އެދުން ތިޔަބައިމީހުންނަށް ދެއްވުމާއެކުގައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ މަގުސަދާއި އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އަމަލުކުރުމަށެވެ.


އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވީ އަހަރެމެންނަށް ކުރެވިފައިވީ ރަނގަޅު ކަމެއްގެ ސަބަބަކުންނެއް ނޫނެވެ. އެހެނަސް އެއީ އެކަލާނގެ ރަޙުމަތް ފުޅެވެ. އެކަލާނގެ އަހަރެމެންގެ ފާފަ ފުއްސަވައި ދެއްވާ އާ ޙަޔާތެއް ދެއްވީ މާތްރޫޙުފުޅު މެދުވެރި ކުރައްވައެވެ.


އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ.


އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ.


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


އަލަށް އުފަންވި ތުއްތު ކުއްޖަކު މައިމީހާގެ ކިރަށް އެދިގެންވާފަދައިން ތިޔަބައިމީހުން މާތްރަސްކަލާނގެ ރޫޙާނީ ޚާލިސް ކިރަށް އެދިގެންވާށެވެ. އެއީ ތިޔަބައިމީހުންނަށް ލިބިގެންވާ ދިންނެވުމުގައި ފުރިހަމައަށް ހެދިބޮޑެތި ވުމަށެވެ.


މާތްރަސްކަލާނގެ ދަރިންގެ ގޮތުގައިވާ އެއްވެސް ބަޔަކު ފާފަކުރުމުގައި ދެމިއެއް ނުތިބެއެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމެވެ. އެހެންވީމާ، އެފަދަ ބަޔަކު ފާފަކުރުން މަތީގައި ދެމި ތިބުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ބަޔަކު ވާނީ މާތްރަސްކަލާނގެ ދަރިން ކަމުގައެވެ.


އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.


އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.


މާތްކަލާނގެ ދަރިން ފާފަ ކުރުންމަތީ ދެމިނުތިބޭނެކަން އަހަރެމެންނަށް އެނގެއެވެ. އެހެނީ މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު އެމީހުން އެކަންތަކުން ރައްކާތެރި ކުރައްވާނެއެވެ. އަދި ޝައިތާނާއަށް އެމީހުންގެ މައްޗަށް ބާރުފޯރުވައި ގެއްލުމެއް ނުކުރެވޭނެއެވެ.


އެކަލާނގެ ކޮންމެ ދަރިއަކަށް ވެސް ޝައިތާނީ ދުނިޔޭގެ މައްޗަށް ފަތަޙަ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މި ފަތަޙަ އަހަރެމެންނަށް ލިބެނީ އަހަރެމެންގެ އީމާންތެރިކަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ