Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:12 - ކިތާބުލް މުޤައްދަސާ

12 ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންވި މީހުންނަށް މާތްރަސްކަލާނގެ ދަރިން ކަމުގައި ވުމުގެ ޙައްޤު އެކަލޭގެފާނު ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:12
27 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ ވަނީ އިސްރާއީލީންނަކީ އިނބަރަސްކަލާނގެ މީހުންކަމުގައި އަބަދަށްޓަކައި ހައްދަވާފައި. އޭ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ވަނީ އެމީހުންގެ ކަލާނގެ ކަމަށްވެ ވޮޑިގެންފައި!


”⁠ތިޔަބައިމީހުން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ. އަދިހަމައެހެންމެ، އަހަރެން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ.


އަދި އެންމެހާ ޤައުމުތަކުގެ މީސްތަކުން އެމީހުންގެ އުންމީދުތައް ބިނާކުރާނީ އެކަލޭގެފާނުގެ ނަންފުޅުގެ މައްޗަށެވެ.⁠“


އަދި އަހަރެންގެ ނަމުގައި މިފަދަ ކުޑަކުދިން ބަލައިގެންފި ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަތް މީހެއްކަމުގައި ވާނެ.


އެކަލޭގެފާނުގެ އަމިއްލަފުޅު ޤައުމަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް ޚުދު އެކަލޭގެފާނުގެ މީސްތަކުން ވެސް އެކަލޭގެފާނަކަށް މަރުޙަބާއެއް ނުކިއެވެ.


މާތްރަސްކަލާނގެ ޔަޙުޔާގެފާނު ފޮނުއްވީ މި އަލިކަމާއި ބެހޭގޮތުން މީސްތަކުންނަށް އަންގައިދީ ހެކިވުމަށެވެ. އަދި އެންމެންނަށް މި އަލިކަމާމެދު އޮޅުންފިލުވާދީ އެކަން ގަބޫލުކުރުމަށް އެހީވުމަށްޓަކައެވެ.


އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަންނަވާނީ އެކަލޭގެފާނުގެ ޤައުމަށްޓަކައި އެކަނި ނޫން ކަމާއި ދުނިޔޭގެ އެތަން މިތަނަށް ވިއްސިވިހާލި ވެފައިވާ މާތްރަސްކަލާނގެ ދަރިންތައް އެކަތިގަނޑަކަށް ހައްދަވައި އެމީހުންގެ މެދުގައި ގުޅުން ގާއިމުކޮށް ދެއްވުމަށްޓަކައި ވެސް މެއެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރު އީސާގެފާނު ޖެރޫސަލަމުގައި ދެއްކެވި އެތައްއެތައް މުޢުޖިޒާތްތަކާއި އަޖައިބު ކުރުވަނިވި ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު ކަން ގަބޫލު ކުރިއެވެ.


ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.


މާތްރަސްކަލާނގެ ދަރިކަލުންނަށް އީމާންވާ މީހާއަށް ސަޒާގެ ހުކުމެއް ނާންނާނެ. ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންނުވި މީސްތަކުން މީހާރު ވެސް ވަނީ ކުށްވެރިވެ ޙުކުމް ކުރެވިފަ. އެއީ މާތްރަސްކަލާނގެ ހަމައެކަނި ދަރިކަލުން ގަބޫލުކޮށް އެމީހުން އީމާން ނުވީތީ.


މިމީހާ ރަނގަޅުވެފައި އެވަނީ އޭނާ އީސާގެފާނުގެ ނަންފުޅަށް އީމާންވުމުގެ ސަބަބުން. މިމީހާ އަކީ ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން ވިހޭސުރެން ދެ ފައި ވާވެފައިވީ ނުހިނގޭ މީހެއް. އޭނާގެ ފައިގައި ވަރުޖެހި އޭނާ ރަނގަޅު އެވީ ކަލޭމެން އެންމެންގެ ކުރިމަތީގަ.


އީސާގެފާނަށް އީމާންވުމުގެ ސަބަބުން މިހާރު ކަލޭމެން އެންމެންނަކީ ވެސް މާތްރަސްކަލާނގެ ދަރިންނެވެ.


ކަލޭމެންނަކީ އެކަލާނގެ ދަރިންކަން ހާމަކުރުމުގެ ގޮތުން އެކަލާނގެ ދަރިކަލުންގެ ރޫޙުފުޅު ކަލޭމެންގެ ހިތުތެރޭގައި ލެއްވިއެވެ. އަދި އެކަލޭގެފާނުގެ ރޫޙުފުޅުކަލޭމެންނަށް އަންގައިދީ ދައްކައިދެނީ އެކަލާނގެއީ ކަލޭމެންގެ ބައްޕާފުޅު ކަމެވެ.


ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަކީ ތިޔަބައިމީހުންގެ ސާހިބާ ކަމަށް ގަބޫލުކޮށްގެންނެވެ. ވީމާ ތިޔަބައިމީހުން އެގޮތުގެ މަތިން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ކުރިއަށްދާށެވެ.


މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.


މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ