ޔޫޙަންނާ 1:11 - ކިތާބުލް މުޤައްދަސާ11 އެކަލޭގެފާނުގެ އަމިއްލަފުޅު ޤައުމަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް ޚުދު އެކަލޭގެފާނުގެ މީސްތަކުން ވެސް އެކަލޭގެފާނަކަށް މަރުޙަބާއެއް ނުކިއެވެ. အခန်းကိုကြည့်ပါ။ |
އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެ ހާ އަޚުންނޭ، އަޑުއަހާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށްޓަކައި މި ތަނަށް އެއްވެތިބި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންނޭ، ސަމާލުވޭ. މާތްރަސްކަލާނގެ ދެއްވާފައި މިވާ ދިންނެވޭނެ މަގު މިއީ އަހަރެމެންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ ދިންނެވުމެއް.
ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.