Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 1:10 - ކިތާބުލް މުޤައްދަސާ

10 ދިރުން ލިބޭ ބަސްފުޅު ދުނިޔެއަށް އައެވެ. އަދި މާތްރަސްކަލާނގެ ދުނިޔޭގައި ވާހައި އެއްޗެއް ހެއްދެވީ އެ ބަސްފުޅުން ކަމުގައި ވިޔަސް ދުނިޔެއަކަށް އެ ބަސްފުޅެއް ނޭނގެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 1:10
23 ပူးပေါင်းရင်းမြစ်များ  

އެހެންވެ އެބަސްފުޅު ވަޙީކުރެއްވި ކަލާނގެ ނަންފުޅުން ހާޖަރު ގޮވާލެއްވިއެވެ. ”⁠އިނބަރަސްކަލާގެއަކީ ބައްލަވާ ވޮޑިގެންވާ ކަލާނގެ.⁠“ ދެން އޭނާ ހިތާހިތާ ވިދާޅުވިއެވެ. ”⁠އަޅުގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ކަލާނގެ އަސްލުގައި ވެސް އަޅަށް ފެނިއްޖެ.⁠“


އަބްރާމްގެ އުމުރުފުޅުން ނުވަދިހަ ނުވަވަނަ އަހަރުގައި މާތްރަސްކަލާނގެ އަބްރާމްއަށް ފާޅުވެ ވޮޑިގަތެވެ. އަދި ވަޙީ ކުރެއްވިއެވެ. ”⁠ތިމަން ކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ! ތިމަންކަލާނގެއަށް ބޯލަނބައި ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރޭ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި ވާހަކަދައްކަވާ ނިމުމުން އެނބުރި ވަޑައިގެންފިއެވެ. އަދި އިބްރާހީމްގެފާނު ވެސް އެނބުރި އެކަލޭގެފާނުގެ ގެޔަށް ވަޑައިގަންނަވައިފިއެވެ.


”⁠އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.


އެކަލޭގެފާނުގެ އަމިއްލަފުޅު ޤައުމަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް ޚުދު އެކަލޭގެފާނުގެ މީސްތަކުން ވެސް އެކަލޭގެފާނަކަށް މަރުޙަބާއެއް ނުކިއެވެ.


އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.


މާތްރަސްކަލާނގެ ކާއިނާތުގައި ލެއްވި އެންމެހާ ތަކެއްޗެއްމެ އުފެއްދެވީ އެކަލޭގެފާނު، ނުވަތަ ބަސްފުޅު މެދުވެރިކުރައްވައެވެ. އެއްވެސް އެއްޗެއް އެކަލޭގެފާނާއި ނުލާ މާތްރަސްކަލާނގެ ނުހައްދަވައެވެ.


އަލިކަން އަނދިރިކަމުގެ ތެރޭގައި ވިދަމުން ދެއެވެ. އަދި އަނދިރިކަމަކަށް އެ އަލިކަމެއް ނިއްވައެއް ނުލެވުނެވެ.


މާތް ޞާލިޙުވަންތަ ބައްޕާފުޅު! މި ދުނިޔޭގެ މީސްތަކުންނަކަށް ބައްޕާފުޅެއް ނޭނގޭ. އެކަމަކު އަޅުގަނޑު ބައްޕާފުޅު ދަންނަން. އަދި އަޅުގަނޑަށް އީމާންވެގެންތިބި މީހުންނަށް އަޅުގަނޑު ފޮނުއްވެވީ ބައްޕާފުޅުކަން އެނގޭ.


ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު ވެސް މަސައްކަތް ކުރެއްވުން ހުއްޓައެއް ނުލައްވާ. އެހެންވީމާ އަހަރެން ވެސް މަސައްކަތް ހުއްޓައެއް ނުލާނަން.⁠“


ނަމަވެސް މީސްތަކުންނަށް އެކަލާނގެ ދެއްވާ ހެޔޮފުޅުމަކާއި ރަޙުމަތުން އެކަލާނގެ ވޮޑިގެންވާކަން އަބަދުވެސް މީސްތަކުންނަށް އެކަލާނގެ ހާމަކޮށްދެއްވާ. އެކަލާނގެ އުޑުން ވާރޭ ފޮނުއްވާ. ކަނޑައެޅޭ ވަކި މޫސުންތަކުގައި ބަރާބަރު ވަގުތަށް ގޮވާން ދެއްވާ. މީސްތަކުން ކެއުމަށް ބޭނުންވާނެ ތަކެތި އެކަލާނގެ ދެއްވާ. އަދި އެކަލާނގެ މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ދެއްވާ.⁠“


އެހެނީ އުޑުގައި ވާނަމަ ވާހައި ތަކެއްޗަކާއި ބިމުގައިއާއި އަދި ފެންނަ ނުފެންނަ ހުރިހާ ތަނެއްގައިވާހައި އެއްޗެއްމެ މާތްކަލާނގެ އުފެއްދެވީ އެކަލޭގެފާނު މެދުވެރިކުރައްވައެވެ. އަދި އެހުރިހާ ތަކެއްޗެއް އުފެއްދެވީ ވެސް އެކަލޭގެފާނަށްޓަކައެވެ. އެއީ ދުނިޔޭގެ ވެރިކަމާއި، އެވެރިކަމުގެ ބާރާއި އެވެރިކަން ކުރާ ރަސްރަސްކަލުންނާއި އެރަސްރަސްކަލުންގެ ތަޙުތުތައް ކަމުގައި ވިޔަސްމެ އެވެ.


މާތްރަސްކަލާނގެ މި ކާއިނާތު ހެއްދެވީ އެކަލާނގެ އެންގެވި އެންގެވުމަކުން ކަން އެނގެނީ ވެސް އީމާންތެރިކަމުންނެވެ. އަހަރެމެންނަށް ފެންނަ ތަކެތި އުފައްދަވާފައި ވަނީ ނުފެންނަ ތަކެތީންކަން އަހަރެމެންނަށް އެނގެނީ ވެސް މި އީމާންތެރިކަމުގެ ސަބަބުންނެވެ.


މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ